ލިވާތު ކުރި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފި
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ބަންގުލަދޭޝްގެ އަލަމްގީރް އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އެހަތަރު މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިމަހުގެ 18 ވަނަ ދުވަހު ވަނީ ހުށައަޅާފައެވެ.
ދައުވާކޮށްފައިވަނީ ބަންގްލަދޭޝްގެ އަލަމްގީރް އާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއަސައްތާރު، ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު)ގެ މައްޗަށެވެ.
އަލަމްގިރް ފިޔަވާ ބާކީ ތިބި އެންމެން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނަ ކަމަށް ޕީޖީ އިން ނިންމުމާ ގުޅިގެން އެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.