ސްޕާ ހިންގަން ސަރުކާރުން ހުއްދަދޭން ނިންމައިފި

ސްޕާ އިންޑަސްޓްރީ ރެގިއުލޭޓް ކުރުމަށް ދިވެހި ސަރުކާރުން ފިޔަވަޅެއް އަޅައި، ފުރުތަމަ ފަހަރަށް ސްޕާ ރަސްމީކޮށް ރަޖިސްޓްރީ ކުރަން ޖެހޭ އުސޫލެއް އިއުލާނުކޮށްފި އެވެ.
މިއީ ސްޕާގެ ގަވާއިދުތައް ސަރުކާރުން ތައާރަފްކޮށް މި ސިނާއަތުގެ ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިޔާ ފުރަތަމަ ފަހަރެވެ. މި ގަވާއިދުގެ ދަށުން މިހާރު ހިންގާ ސްޕާތައް މި ގަވައިދުގެ ދަށުން 90 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީކުރަން ޖެހޭނެކަމައް ގަވައިދުގެ ބުނެއެވެ.
އެހެންނަމަވެސް، ބައެއް ސްޕާތަކުގައި މި ޤަވާއިދުތަކުގެ ތެރެއިން ނުހިންގާނެތީ، ރާއްޖޭގެ ބައެއް ރައްޔިތުން އަދިވެސް ކަންބޮޑުވެއެވެ. އެ މީހުން ކަންބޮޑުވަނީ އޮޅުވާލައިގެން އަންހެނުން ގައުމަށް ވައްދައިގެން އުޅޭ ހަށިވިއްކާ މީހުނގެް ފްރަންޓެއްގެ ގޮތުގައި ސްޕާ ބޭނުން ކުރަމުން ގެންދާނެތީ އެވެ.
ދިވެހީން ދިރިއުޅޭ ސިޓީތަކުގައި ސްޕާ ހިންގުމުގެ ހުއްދަ ދިނުމަކީ، ޖިންސީ ގުޅުން ހިންގުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބުނެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ.
ރާއްޖޭގެ ސްޕާ އިންޑަސްޓްރީ ހިންގުމާ ބެހޭ ގަވާއިދުތައް ބަޔާންކުރާ ޤާނޫނީ ލިޔުން ހޯދުމަށް މިތަނަށް ކްލިކް ކުރެއްވުން އެދެމެވެ.