އިދިކޮޅުގެ ބުންވަރު ހިނގާލުމުގައި ހާހުން މީހުން ބައިވެރިވެ ޖަލަށް ލާފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ހިއްވަރު ދީފިއެވެ.
މިއަދު ހަވީރު 16:00 އިން 18:00 އަށް މާލޭގައި ކުރިޔަށް ދިޔަ މި ބޮޑު ހިނގާލުން ފެށުނީ ހެންވޭރު ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. މި ހިނގާލުން ކުރިޔަށް ދިޔައީ މަޖީދީމަގު އިރުން ހުޅަނގަށެވެ. އެއަށްފަހު ހިނގާލުން ނިންމާލީ އެނބުރި ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ.
އިދިކޮޅުގެ މި ބޮޑު ހިނގާލުމުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލުމާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލާފައިވެއެވެ.