ޚަބަރުސިޔާސީ

ސްރީލަންކާގައި ކުޑަކުދިންނަށް ޖިންސީ ގުޅުން ހިންގުމުގެ ރެކެޓެއްގައި ބައިވެރިވި ކަމުގެ ތުހުމަތު ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދުއަށް!

ސްރީލަންކާގައި ކުޑަކުދިންނަށް ޖިންސީ ގުޅުން ހިންގުމުގެ ރެކެޓެއްގައި ބައިވެރިވި ކަމުގެ ތުހުމަތު ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދުއަށް ކޮށްފިއެވެ.

މި ތުހުމަތު އެމަނިކުފާނަށް ކޮށްފައިވަނީ، ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މި މަހު 2 ވަނަ ދުވަހު ލަންކާއަށް ވަޑައިގެން އުޅުއްވައިނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަން ފަޅާއެރީ ފެބްރުއަރީ 2 އިން 4 އަށް ސްރީލަންކާގައި ހިންގި ކުޑަކުދިންނަށް ޖިންސީ ގުޅުން ހިންގުމުގެ ރެކެޓެއްގެ ތެރެއިން ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާއިރު، އެ ހާދިސާއާ ގުޅޭ ގިނަ ފޮޓޯތަކެއް މީސްމީޑިޔާގައި ދައުރުވަމުންދެއެވެ. މިކަމާ ގުޅިގެން ސްރީލަންކާގެ ”ނެޝަނަލް އެލާޓު“ ނޫހުން، ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ސުވާލުކޮށްފައިވާއިރު، މީޑީއާ ތަކުން ރިޕޯޓުކޮށްފައިވާ ހަބަރުގެ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީއަށް ލިބިފައިނުވާކަމަށް މައުލޫމާތު ދޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖެއިން އެގޮތަށް މައުލޫމާތު ދިންނަމަވެސް، އެ ހާދިސާއާ ގުޅޭ މައުލޫމާތު އެބަހުރި ކަމަށް ”ނެޝަނަލް އެލާޓު“ އިން ރިޕޯޓުކޮށްފައިވެއެވެ.

”ނެޝަނަލް އެލާޓު“ އިން ރިޕޯޓުކޮށްފައިވާގޮތުގައި، އެކަމާ ގުޅޭ މައުލޫމާތުތައް އެބަހުއްޓެވެ.

މީގެ ކުރިންވެސް ލަންކާއިން މިފަދަ ހާދިސާތައް ފެންމަތިވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ޖޫން މަހު އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު،  އެ އަންހެން ކުއްޖާ ލައްވާ ހަށިވިއްކުމުގެ ވިޔަފާރި ކުރުވި ބްރޯކަރުންވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ އަންހެން ކުއްޖާގެ ފޯނު ފުލުހުން ބެލިއިރު، އޭނާއާއެކު ޖިންސީ ގުޅުން ހިންގި އެތައް ބަޔެއްގެ ތަފްސީލް ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ނޭވީ ސްޕެޝަލިސްޓަކާއި، ބުޑިސްޓުގެ ދެ މޮންކްއަކާއި، ބޮޑެތި ވިޔަފާރިވެރިންނާއި، މިހިންތާލޭ ލޯކަލް ކައުންސިލްގެ ނައިބު ރައީސް ލަލިތު އެޑިރިސިންހަވެސް ހިމެނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހުރިހާ މީހުންވެސް ވަނީ އެ ހާދިސާއާ ގުޅިގެން އޭރު ހައްޔަރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ތަހުގީގުކުރެވެމުން ދިޔަވަރަކަށް އެކަމުގެ އަޑި އެނގެން ފެށި ކަމަށާއި، ސްރީލަންކާގައި ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގުމުގައި ބައިވެރިވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ދިވެހިންކަން ހާމަވެފައިވާކަމަށް ”ނެޝަނަލް އެލާޓް“ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ދިވެހިންގެ މައުލޫމާތު ހާމަކުރުމާއެކު ފުލުހުންގެ ތަހްގީގަށް އެކަމުގެ އަސަރުތައް ސިޔާސީގޮތުން ކޮށްފައިވާކަމަށްވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާގައި ބައިވެރިވި ގިނަ ދިވެހިންނާ ހަވާލާދީ ”ނެޝަނަލް އެލާޓު“ ނޫހުން ބުނެފައިވަނީ، އެ ދިވެހިންގެ ތެރޭގައި ގިނައީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މީހުންކަމަށާއި، ދެ ގައުމުގައިވެސް ސިޔާސީ ގޮތުން ގެންގުޅޭ ހުތުރު ސިފަތަކުގެ ސަބަބުން ފުލުހުން ވަނީ ވެރިކަން ކުރާ ޕާޓީގެ މީހުންގެ ނަންތައް ސިއްރުކޮށް އިދިކޮޅު ފަރާތްތަކާ ގުޅިފައިވާ ސިޔާސީ މީހުންގެ ނަންތައް ހާމަކޮށްފައި ކަމަށެވެ.

ރާއްޖޭގެ ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު އަޝްމަލީ ހައްޔަރުކޮށްފައިވަނީވެސް މި ހާދިސާއާ ގުޅިގެންނެވެ. އަޝްމަލީ ހައްޔަރުކުރީ ވެބްސައިޓްތަކަކާއި މީސް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން 3 މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވައި އެ އަންހެން ކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމާއި މި ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ”ނޭޝަނަލް އެލާޓު“ އިން ޔަގީންކަންދޭ ގޮތުގައި، މި ސަރުކާރުގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ފޯނު ނަންބަރުވެސް އެ އަންހެން ކުއްޖާގެ ފޯނުގައި އޮތެވެ. ނަމަވެސް ފުލުހުން އެކަން ތަހްގީގުކުރަން އެއްވެސް މަސައްކަތެއް ނުކުރާ ތަނުގައި އެ މައްސަލަ ސިއްރު ސިއްރުން ހުއްޓުވާލާފައިވާކަމަށް އެ ނޫހުން ތުހުމަތުކުރެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button