ޚަބަރުސިޔާސީ

އިންޑިއާ އަށް ނޫނެކޭ ބުނެ ޗާންދަނީ މަގުގައިވެސް ބެނާއެއް ނަގައިފި

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުގެ ދަށުން އެގައުމަށް ނޫނެކޭ ބުނެ ޗާންދަނީ މަގުގައި ހުންނަ ގެއެއްގައި ބެނާއެއް ދަމައިފިއެވެ.

ބެނާ ދަމާފައިވަނީ މއ.ނެވަކޯން އާގޭގެ އިމާރާތުގައެވެ. ބެނާގައި “ނޯ” ނުވަތަ ނޫނެކޭ ލިޔެފައިވަނީ އިންޑިއާ ދިދައިގެ މެދުގައި ހުންނަ ބޮޅާއި ކުލަތައް ބޭނުން ކޮށްގެނެވެ.

އިންޑިއާ އަށް ނޫނެކޭ ބުނާ ބެނާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕަ، ސިއްކަ އަހުމަދު އިސްމާއިލް މަނިކު ދިރިއުޅޭ ގެ ކައިރީގައީ ހުރި އިމާރާތެއްގައިވެސް ބެނާ ދަމާފައިވެއެވެ.

19 ދިވެހިން ޝަހީދުކޮށްލި މައްސަލައިގައި ޖަލަށް ލި ސިއްކަ ދިރިއުޅޭ ގެ ކަމަށްވާ މ.ދީފްރަމްއާގެ އާ ޖެހިގެން ހުންނަ މ.ބީޗު ހެވަން ގޭގެ އިމާރާތުގައި މިބެނާ ހަރުކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

އިންޑިއާ އައުޓު ކެމްޕެއިން ހުއްޓުވަން ރައީސް ސޯލިހު ގަރާރު ނެރުއްވިފަހުން އެ ކެމްޕެއިން ހައްދުފަހަނައަޅާވަރަށް ވަނީ  ފުޅާވެފައެވެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button