ޚަބަރު

ސްޕެޝަލިސްޓަކަށް އޭޑީކޭއިން ދެން ދެއްކޭނީ 500 ރުފިޔާއަށް!

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އިންފްލޭޝަން ރޭޓް މަތިވެ ތަކެތީގެ އަގު ބޮޑުވެ ތަކެތިން ޓެކްސް ނެގުން މަތިވެފައިވާތީވެ  އޭޑީކޭ ހޮސްޕިޓަލުންދޭ ބައެއް ހިދުމަތްތަކުގެ އަގުތައް މާދަމާއިން ފެށިގެން ބޮޑުކުރަން ނިންމައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ފަރުވާގެ އަގުތައް ބޮޑުކުރަން ނިންމާފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އަފްއާާލް ”މިހާރު“ ނޫހަށް ވިދާޅުވެފައިވެއެވެ.

މިގޮތައް އޭޑީކޭ ގެ އަގުތައް ބޮޑުކުރުމުން އާސަންދަ ކަވަރޭޖަށް ބަދަލެއް ނާންނާތީ އަތުން ހަރަދު ކުރަންޖެހޭވަރު ބޮޑުވެގެންދާނެއެވެ. އެގޮތުން އާާންމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމަށް 150ރ ކުރިން ހަރަދުކުރަންޖެހޭ އިރު މިހާރު 200ރ އަށް ވަނީ ބޮޑުކޮށްފައެވެ. ސްޕެޝަލް ޑޮކްޓަރަކަށް 300ރ އަރާއިރު މިހާރު ވަނީ 500ރ އަށް ބޮޑުކޮށްފައެވެ. އަދި ސުޕަ ސްޕެޝަލިސްޓްއަކަށް ދެއްކުމަށް ކުރިން 500ރ ހަރަދުކުރަން ޖެހޭއިރު މިހާރު މި އަގުވަނީ 700ރ އަށް އަރާފައެވެ. ހަމަ މިއާއިއެކު ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ކުރިން 300ރ ހަރަދުކުރާއިރު މިހާރު 350ރ އަށް މިވަނީ ބޮޑުކޮށްފައެވެ.

އޭޑީކޭ ހޮސްޕިޓަލް ހިންގަމުން އަންނަނީ ދައުލަތުގެ ބިމެއްގައި ނަމަވެސް ، އޭޑީކޭ އިން ދެމުން އަންނަ ހިދުމަތުގެ އަގުތައް ބޮޑުކުރުމުން ގިނަ ރައްޔިތުންދަނީ މިކަމާ ފާޑުކިޔައި ހިންހަމަނުޖެހުން ފާޅުކުރަމުންނެވެ.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button