ޚަބަރު

ސުޕްރީމް ކޯޓު 1 މަހުގެ ރިސެސްއަކަށް ހިނގައްޖެ!

އެހެން އަހަރުތަކެކޭ އެއްފަދައިން 01 ޑިސެންބަރު 2022 އިން 01 ޖަނަވަރީ 2023ގެ ނިޔަލަށް، ސުޕްރީމް ކޯޓު ރިސެސްއަށް ހިނގަޖެއެވެ.

ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުން ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ.

ސުޕްރީމްކޯޓު ރިސެސްއަށް ދިޔަކަމުގައިވިޔަސް، މިދިޔަ ހަފްތާގައިވެސް މުހިންމު ބައެއް ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ. ސުޕްރީމް ކޯޓު ރިސެސްގައި އޮތަސް، ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ބައެއް ހާލަތްތަކުގައި ނިންމަންޖެހޭ މުހިންމު އަޑުއެހުންތައް ކުރިއަށް ގެންދިއުމުގެ ބާރު ސުޕްރީމް ކޯޓަށް އޮވެ އެވެ. އަދި ރިސެސްގައި އޮއްވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ނަމަ، އޮޓަމެޓިކުން ރިސެސް ނިމުމަކަށް އަންނާނެ އެވެ.

ކޯޓުތަކުން ޑިސެންބަރު މަހުގައި ރިސެސްއަށް ދިޔަޔަސް ޝަރީޢަތްތައް މުޅިއެކުން ހުއްޓާނުލައެވެ. ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތެއް ބޭއްވިނަމަވެސް އާންމުކޮށް ޝަރީއަތްތައް ބާއްވާ މިންވަރު މަދުކޮށްލައެވެ. ރިސެސްއަށްދާ މުއްދަތުގައި ކޯޓުތަކުން ބޮޑަށް އިސްކަންދެނީ އަހަރު ނިމެންވާއިރަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްތައް ކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button