
މިހާރު މިއޮތް ވެރިކަމަކީ ދެވަނަ ފަހަރަށް ތަޙައްމަލް ކުރެވޭނެ ވެރިކަމެއްނޫން ކަމަށް ޕީީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ރޭ އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤައުމުގެ ޙާލަތު މިއަދު މިއޮތްގޮތުން ކޮންމެ ކަމަކަށް ރިޢާޔަތް ކުރިނަމަވެސް އެއީ ވަރަށް ސީރިއަސް ޙާލަތުގައި ހުރި ކަންކަން ކަމުގައި މުޢިއްޒު ފާހަގަކުރެއްވިއެވެ.
އެގޮތުން ޤައުމުގެ މިނިވަންކަމާއި، އިސްލާމް ދީނަށް ހަޖޫ ޖެހުމާއި، ޤައުމުގެ އިޤްތިޞާދުވެސް އޮތީ އެފަދަ ޙާލަތެއްގައި ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
“ޤައުމުގެ މިނިވަންކަމާއި މެދު ވާހަކަ ދައްކަންވިޔަސް ކަންކަންއޮތީ އެހާ ބޮއްސުންލާފަ. ދީނަށް ހަޖޫ ޖެހުން، ދީނަށް ކުރާ ދުއްތުރާތަކާ ނުރައްކާތަކަށް ބެލިނަމަވެސް ކަންކަންއޮތީ ވަރަށް ނުރައްކާތެރި ޙާލަތެއްގަ. ޤައުމުގެ އިޤްތިޞާދުވެސް އޮތީ އަނދަވަޅަކަށް ވެއްޓިފަ.”މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން މިހާރު މިއޮތް ވެރިކަމަކީ ދެވަނަ ފަހަރަށް ތަޙައްމަލް ކުރެވޭނެ ވެރިކަމެއްނޫން
ކަމަށާއި، ސިޔާސީ ޕާޓިއަކަށް ނިސްބަތްނުވާ މީހާވެސް މިކަމާއި ދޭތެރޭ ފުންކޮށް ވިސްނަންޖެހޭކަމުގައި މުޢިއްޒު ވަނީ ވިދާޅުވެފައެވެ.