ޚަބަރު

ސޮވެރިން ފަންޑުގައި ނިމުނު އަހަރު ހުރިކަމަށް ބުނާ 2 ބިލިއަން ރުފިޔާ ހުރި ކަމެއް ޔަގީނެއް ނޫން

ސޮވެރިން ޑިވެލޮފޮމެންޓު ފަންޑުގައި ހުރިކަމަށް ފާއިތުވި 2021 ވަނަ އަހަރު ނިމުނު އިރު ސަރުކާރުން ބުނެފައިވާ 2 ބިލިއަން ރުފިޔާ އެ ފަންޑުގައި ހުރިކަން ޔަގީން ނުވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓު އޮފީހުން ޝާއިއުކޮށްފައިވާ 2021 ވަނަ އަހަރުގެ ސަރުކާރުގެ މާލީ ހިސާބުތަކުގެ އޮޑިޓު ރިޕޯޓުގައި ވާގޮތުން ސޮވެރިން ޑިވެލޮޕްމެންޓު ފަނޑުގައި 31 ޑިސެންބަރު 2021 ވަނަ ދުވަހުގެ ނިޔަލަށް 2،037،485،928 (ދެ ބިލިއަން ތިރީސް ހަތް މިލިއަން ހަތަރުލައްކަ އަށްޑިހަ ފަސްހާސް ނުވަސަތޭކަ އަށާވީސް) ރުފިޔާ ހުރިކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ދައުލަތުގެ ސްޓޭޓުމެންޓު އޮފް އެސެޓްސްގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 2 ބިލިއަން ރުފިޔާ ހުރިކަމަށް ބުނެފައިވީ ނަމަވެސް އެ އަދަދަކީ ސައްހަ އަދަދެއްކަން ޔަގީން ނުކުރެވޭކަމަށްވެސް އޮޑިޓު އޮފީހުން ބުނެފައިވާ އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުން ނަގާ ދަރަނި އަނބުރާ ދެއްކުމުގެ ގޮތުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2017 ވަނަ އަހަރު ގާއިމުކުރި މި ފަންޑުގަައި ހުރި ޑޮލަރު ދިވެހިރުފިޔާއަށް މި ސަރުކާރުން މާރުކޮށްފައިވެއެވެ. އަދި ބޭރު ފައިސާ އެ ފަންޑުގައި ނެތުމުން ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނި އަދާކުރަން އެ ފަންޑު ބޭނުންކުރަން ދަތިވާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކާއި ފަންނީ މާހިރުން ދެކެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button