ޚަބަރު

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު 286 މިލިއަން ރުފިޔާގެ ވެއްޓުމަކަށް!

ތަރައްގީގެ މަޝްރޫއުތަކަށް ނަގާ ؛ލޯނު އަނބުރާ ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާގެ އަދަދު ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު އެސްޑީއެފަށް ސަރުކާރުން ވަނީ 445.2 މިލިޔަން ރުފިޔާ ޖަމާކޮށްފައެވެ. އެހެން ނަމަވެސް މިއަހަރުގެ ޖުލައި މަހު އެ ފަންޑަށް ޖަމާކޮށްފައިވަނީ 159.2 މިލިއަން ރުފިޔާއެވެ. މިއީ 286 މިލިއަން ރުފިޔާގެ ވެއްޓުމެކެވެ.

މައިގަނޑު ގޮތެއގައި އެސްޑީއެފަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ދެވޭ ހިދުމަތްތަކުންނާއި، އެކުންފުނިން ނަގާ އެއަރޕޯޓް ޑިވެލޮޕްމެންޓް ޗާޖް (އޭޑީސީ) އިންނެވެ. ބިދޭސީންގެ އަތުން 25 ޑޮލަރު އޭޑީސީގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނަގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button