ޚަބަރު

ވާނެ ހައެތި މިވީ އޮޑީގެ ހުންގާނު ކަނޑުކޮހުން އަތަށް ދިނީމަ: މޭޖަރ ރިޓަޔަރޑް އާޒިމް

މި ޤައުމުގެ ހުންގާނު ހަވާލުކުރެވިފައިވަނީ ކަނޑުކޮހުންނާއި ކަމަށް ޤައުމީ ދިފާއީ ބާރުގެ ކުރީގެ ތަރުޖަމާން މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ފާއިތުވި 4 އަހަރަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވީ ޤައުމަށް ދިމާވެފައިމިވާ ޙާލަތު މެދުވެރިވީ ފާއިތުވި 4 އަހަރު ކަނޑުކޮހުން އަތަށް ޤައުމުގެހުންގާނު ދިނުމުންކަމަށެވެ.

34 އަހަރުގެ ޤައުމީ ޚިދުމަތަށްފަހު މޭޖާ އިބްރާހިމް އާޒިމް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިއަހަރުގެ ޖޫން 30 ވަނަ ދުވަހުއެވެ.

އެއަށްފަހު އާޒިމް ފޭސްބުކް ޕޭޖުގައި ލިޔުއްވަމުން ގެންދަވާ
ވަތަން“ ކޮލަމްގައި ޤައުމުގެ ޙާލަތާއި ދިވެހި ޤައުމަށް މިއަދު ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އޭނާ ގެންދަވަނީ  ޝުޢޫރު ފާޅުކުރައްވަމުން ނެވެ.

ވަތަން“ ކޮލަމްގައި ޚިޔާލު ފާޅުކުރައްވަމުން ދާދި ފަހުން އާޒިމް ވަނީ ދެވަރަ ދޫވެފައިވާ ދޫންޏެއްހެން ޤައުމުގެ ހައިބަތާއި ޢިއްޒަތާއި ޝަރަފުވެގެންދާން ދޫދެވޭކަށް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.

އާޒިމް މިފަދައިން ޝުއޫރު ފާޅުކުރަމުން ގެންދަވާތީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އޭނާއަށް ދަނީ ފާޑުކިޔުންވެސް އަމާޒުކުރަމުންނެވެ.

އާންމުންގެ ފާޑުކިޔުންތަކާއި ގުޅޭގޮތުން އާޒިމް ވިދާޅުވީ ޤައުމާމެދު ބަހެއްބުނުމަކީ ނުވަތަ ޚިޔާލުފާޅު ކުރުމަކީ ދޮގާއި ސިޔާސީ މަންފާއެއް ހޯދުމަށް، ސަރުކާރާއި ދެކޮޅުވުން ކަމުގައި ދެކި ޖަލުގެ ކުޑަކޮޅީގެ ބިރު ދެއްކުމަކީ ވަރަށްބޮޑު ކުށްހީއެއް ކަމަށެވެ. އަދި ވެރިންގެ ތަރިކަ މުދަލަށް ޤައުމާއި ރައްޔިތުން ހަދައިގެން ގެންގުޅުނު އަޅުވެތިކުރި، ހިތިދުވަސްތައް މާޒިވެ ހިނގައްޖެ ކަމަށާއި، މިޤައުމުގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް މިނިވަންކަމާއިއެކު ބަސް ބުނުމުގެ ޙައްޤު ދީފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

2 Comments

  1. ކޮންމެމީހަކުވެސް ބުނަން އަބަދުވެސްޖެހޭބަސްބުނަނީވަގުތުފާއިތުވާފަހުން
    ގައުމާއި ރައްޔިތުންނަށްޓަކާބުނަންޖެހޭބަހެއްފަސްނުޖެހިބުނަންކެރޭމީހަކަށްވާށެވެ

  2. ޤައުމީދިފާޢީބާރުގެ މޭޖަރއެއްގެ މަޤާމް 34 އަހަރުކުރެއްވުމަށްފަހު ރިޓަޔަރކުރައްވައިފައިވާ ފަރާތަކުން މަފަދަވާހަކައެއް ރައްޔިތުންނާ ހިއްޞާކުރީމާ އެކަމާކޮށްމެމީހަކުވެސް ވިސްނަންޖެހޭނެ އަހަރެންވަރަށްކަންބޮޑުވެއްޖިން ސަބަބަކީ ވެރިކަމުގާ މިހާރުހުރިފަރާތަށް ވޯޓްދީ އަދިއިތުރުވޯޓްހޯދައިދޭން ނުހަނުގިނަކަންކަން ކުރިމީހަކަށްވެފައިވާތީ ދެން އިންޝާاللّه މިނިމުނީ …

Leave a Reply

Your email address will not be published. Required fields are marked *

Back to top button