ޚަބަރުސިޔާސީ

ބާޣީ ސިއްކަ އަހުމަދު އިސްމާއިލް މަނިކްގެ ދިފާޢުގައި ނަޝީދު ތެދުވެއްޖެ

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގެ އަޑީގައިހުރި ފަސްޓް ލޭޑީ ފަޒުނާ އަހުމަދުގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް މަނިކްގެ ދިފާޢުގައި ރައްޔިތުންގެ މަޖްލީހު ރައީސް މުޙައްމަދު ނަޝީދު ތެދުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ތަމަޅައިންގެ ޓެރަރިސްޓު ގުރޫޕެއް ރާއްޖެ ގެނެސް 19 ދިވެހިން ޝަހީދުކޮށްލާ ދިވެހި ރާއްޖޭގެ ވެރިކަންހޯދަން ދިން ޢުދުވާނީ ހަމަލާ އާއި ސިއްކަ އަހުމަދު އިސްމާއިލް މަނިކާއި ގުޅުވައިގެން ވާހަކަ ދެއްކުމަކީ ސިއްކަގެ އަބުރަށް އަރައިގަތުންކަމަށް ސިފަކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ 3 ނޮވެމްބަރުގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭ ކަމަށެވެ. އަދި އޭނައަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެ ސިއްކަ އަހުމަދު މަނިކް ދިފާޢު ކުރެއްވި ނަމަވެސް 3 ނޮވެމްބަރު 1988ގެ ހަމަލާއާއި ގުޅިގެން ސިއްކަ އަހުމަދަށް ކުރި ދަޢުވާ އަކީ ހަމަލާއާއި ގުޅޭ މަޢުލޫމާތު އެނގިހުރެ އެކަން ސިއްރު ކުރުމުގެ ކުށުގެ  ދަޢުވާއެވެ. އެ ދަޢުވާ ސާބިތުކުރީ ހަމައެކަނި އޭނާގެ އިއުތިރާފު ބަޔާނަކުން ނޫނެވެ. އެ ހަމަލާގެ މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ވެސް ވަނީ ހަމަލާ އާއި ގުޅޭ ހުރިހާކަމެއް ސިއްކައަށް އެނގޭނެ ކަމަށް ތަޙުޤީޤުގައި އަދި ކޯޓުގައިވެސް ބުނެފައެވެ.

ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޢަމަލީގޮތުން ބައިވެރިވި ހ. ހާޖަރާގޭ ލުތުފީ ވަނީ ހަމަލާ ރޭވުމަށް ސިއްކަ އެހީތެރިވެފައިވާކަމަށާއި، ލުތުފީއަށް ހިތްވަރުދީ ފުރަތަމަވެސް ގޮސް ރައީސް މައުމޫން މަރާލާށޭ ބުނިކަމަށް ”ދިޔަރެސް“ ނޫހަށްވެސް މަޢުލޫމާތު ދީފައިކަމަށް އެނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

3 ނޮވެމްބަރުގެ ޢުދުވާނީ  ހަމަލާއާއި ގުޅިގެން ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވިއެވެ. ނަމަވެސް 2 އަހަރެއްހާ ދުވަހު ޖަލުގައި ހޭދަކުރުމަށްފަހު ބޭސް ފަރުވާއަށް އިންޑިއާގައި 4 ވަރަކަށް އަހަރު ހޭދަކުރިއެވެ. އެހެންނަމަވެސް ފަހުން ރައީސް މައުމޫން ވަނީ ސިއްކަ މިނިވަންކޮށްފައެވެ.

ނޮވެމްބަރު 3 ގެ ހަމަލާގައި އިސްރޯލެއް އަދާކުރި ސިއްކަ އަހުމަދު އިސްމާއިލް މަނިކަކީ މުޙައްމަދު ނަޝީދުގެ އާއިލީ މީހެކެވެ.

އެމްޑީޕީގެ ސަރުކާރު ތަކުން 3 ނޮވެމްބަރު ފާހަގަކުރަން ބޭނުންނުވާ ސަބަބު ރައްޔިތުންނަށް ވަރަށް ސާފު ކަމަށް އާންމުން ދަނީ ބުނަމުންނެވެ. މުޙައްމަދު ނަޝީދުގެ ވެރިކަމުގައިވެސް އަދި މިހިނގާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައިވެސް ނަޞްރުގެ ދުވަސް ފާހަގަކޮށްފައެއް ނުވެއެވެ.

ޤައުމީ ދިފާޢީބާރުގެ 8 ބޭކަލަކު ހިމެނޭހެން 19 ދިވެހިންގެ ލޭ މި ބިމަށް އޮހޮރުވާލި ޢުދުވާނީ ހަމަލާގައި ސިއްކަ އަހުމަދުގެ ބައިވެެރިވުން އޮތްކަން ކިތަންމެވަރަށް ފޮރުވަން ބަޔަކު މަސައްކަތް ކުރިނަމަވެސް މިއީ ދިވެހި ތާރީޚްގައި ކަޅު އަކުރުން ލިޔެވިފައިވާ ތެދު ޙަޤީޤަތް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

One Comment

  1. ސިއްކަ އަހްމަދުއިަްމާއީލްމަނިކަކީ ބާޣީއެއް އައްނި ނޫންރައީސްބުންޏަސް އެދުވަހަކީ އަހަރެން ދިރިހުރިހާހިނދަކު ހަނދާނުންފިހެވިގެންދާނެ ދުވަހެއްނޫން …
    އެހެންވެދޯ 3 ނޮވެމްބަރ ނަޞްރުގެދުވަސް މިސަރުކާރުން ފާހަގަނުކުރީ މީހުސްބާޣީން 2023 ހުގެ ވޯޓުން ބާޣީންވެރިކަމުން ބާލަންވޯޓުދޭނީ …

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button