ޚަބަރުސިޔާސީ

ދިވެހި ރައްޔިތެއްގެ ބޮލުގައި 266,075 ރުފިޔާގެ ދަރަނި!

މިއަހަރު ނިމޭއިރު ކޮންމެ ރައްޔިތެއްގެ ބޮލުގައި 266,075 ރުފިޔާގެ ދަރަންޏެއްް އެޅޭނެކަން ހާމަވެއްޖެއެވެ.

ސަރުކާރުން އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން މި އަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި 105.7 ބިލިއަނަށް އަރައެވެ. އެއީ ދަރަނީގޮތުގައި 93.3 ބިލިއަން ރުފިޔާ އަދި ގެރެންޓީ ދީފައިވާ 12.4 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 57.9ބިލިއަނަކީ އެތެރޭގަ ދަރަންޏެވެ. އަދި އޭގެ އޭގެ ތެރެއިން 35.4 ބިލިއަނަކީ ބޭރުގެ ދަރަންޏެވެ.
އެންމެ ފަހުގެ ބޯ ހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ އަކީ 397،372 މީހުންނެވެ. އަދި ސަރުކާރުން ބުނެފައިވާ ދަރަނި އެ އަދަދުން ބަހާލުމުން ބޮލަކަށް 266,075 ރުފިޔާ ޖެހެއެވެ. އަދި މިއީ މިހާ ބޮޑަށް ދައުލަތުގެ ޖުމްލަ ދަރަނި މައްޗަށް ދާ ފުރަތަމަ ފަހަރެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 48 ބިލިއަން ރުފިޔާގައެވެ. އެއީ ކުރީގެ ސަރުކާރުތަކުން ފެށިގެން އައިސްފައިވާ ދަރަނިތަކާއެކުގައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތްފަހުން ދަރަނި ވަނީ އެތައް ގުނައަކަށް އިރުތުވެފައެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ނިމޭއިރު ވެރިކަމުގެ ފަސް އަހަރު ތެރޭގައި އެކަނިވެސް 65 ބިލިއަން ރުފިޔާ އިތުރު ވާނެއެވެ. މިއީ އެހެން އެއްވެސް ވެރިކަމެއްގައި ދައުލަތުގެ ދަރަނި އިތުރު ނުވާ މިންވަރެކެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button