ޚަބަރުސިޔާސީ

ޖޫރިމަނާ ކޮށްގެން 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި!

ޖޫރިމަނާގެ ގޮތުގައި 200 މިލިއަންއަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ ސަރުކާރަށް ލިބިއްޖެއެވެ.

އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖޫރިމަނާގެ ގޮތުގައި 205.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 175.1 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރު ޖޫރިމަނާގެ ގޮތުގައި ސަރުކާރުން ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 62.4 މިލިއަން ރުފިޔާއެވެ.
ނަމަވެސް މިހާތަނަށް 205،3 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އަންދާޒާ ކުރިވަރަށްވުރެ 142.9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މިއީ 30.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެއް ވައުދުފުޅަކީ ޖޫރިމަނާކޮށްގެން އާމްދަނީ ހޯދުން ހުއްޓަވައިލައްވާނެކަމެވެ. ނަމަވެސް އެކި ނަންނަމުގަ ޖޫރިމަނާ ފައިސާ ދަނީ ރައްޔިތުންގެ އަތުން ނަގަމުންނެވެ. ޕާކު ކުރާނެ ތަނެއް ނުދައްކައި ޕާކިން ޖޫރިމަނާ ނުނަންގަވާނެ ކަމަށްވެސް އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވިއެވެ. ދުވަހެއް ދުވަހެއް ރައްޔިތުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ނަގާ ފައިސާ އިތުރުވެ ސަރުކާރުގެ ވެެރިންގެ ހިއްސާ އޮންނަ ރިސޯޓުތަކުގެ ބިމުކުލި ފަދަ އެއްޗެހި ސަރުކާރުން މާފް ކޮށްދެމުންދާކަން ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button