މިއަދަކީ ބިރުވެރި ސިއްކަގެ ދުވަހުގެ ގޮތުގައި ސިފަކުރައްވައި މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހުގެ ހަނދާންތައް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމް އައު ކުރައްވައިފިއެވެ.
ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ނަސްރުގެ ދުވަހަގާ ގުޅޭގޮތުން ހާއްސަ ޅެމެއް އިނގިރޭސި ބަހުން ހިއްސާ ކުރައްވާފައެވެ. އެމަނިކުފާނު ހިއްސާކުރެއްވި ޅެމުގައިވާގޮތުން 3 ނޮވެމްބަރު 1988 ވަނަ ދުވަހު ދިވެހި ހާއިނުންގެ ބަޔަކު އަޑީގައި ތިބެގެން ތަމަޅައިން ރާއްޖެ ގެނެސް 19 ދިވެހިން ޝަހީދު ކޮށްލި ދުވަހަކީ ބިރުވެރި ސިއްކަގެ ދުވަހެވެ. އެ އުދުވާނީ ހަމަލާގެ އިސް މޭސްތިރިއެއްގެ ގޮތުގައި ހާމަވެފައިވަނީ ރައީސް އިބްރާޙީމް މުހައްމަދު ސޯލިހުގެ ބަފައިބެ ނުވަތަ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބައްޕަ ކަމުގައިވާ ސިއްކަ އަހުމަދު އިސްމާއިލް މަނިކެވެ. އަދި ރައީސް ޔާމީން އެވިދާޅުވާ ސިއްކަ އަކީ ފަޒްނާގެ ބައްޕައެވެ.
The dreaded Sikka day is back again Four n 3decades in pain Four n more grenades were tossed to their gain A saviour force scorned for its gain A score less one couldn’t say Amen
— Abdulla Yameen (@prz_ymn) November 3, 2022
ނަސްރުގެ ދުވަހަކީ ކޮންމެ އަހަރެއްގައިވެސް ގައުމީ ފެންވަރުގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހެވެ. އެކަމަކު މިސަރުކާރުން އެދުވަސް އެހާ ބޮޑަށް ފާހަގަކުރާކަށް ބޭނުމެއް ނުވެއެވެ.