ޚަބަރުސިޔާސީ

ތެޔޮ ހަރަދު ކިތަންމެ ބޮޑުވިޔަސް މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރާނަން: ރައީސް ޔާމީން

ތެޔޮ ހަރަދު ކިތަންމެ ބޮޑުވިޔަސް މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރައްވާނެ ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މަވެސް ޕީޕީއެމްގެ ނަމުގައި ހއ.އިހަވަންދޫގައި އިދިކޮޅުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިދުވަސްވަރަކީ ތެލުގެ ހަރަދު ބޮޑު ދުވަސްވަރެއް ކަމުގައެވެ. އަދި މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ބޮޑު އަގުގައި ތެޔޮ އަޅައިގެން މަހަށް ނިކުމެ، ބާނާ މަސްކޮޅަށް ހަމައަގު ނުލިބުން ކަމުގައެވެ.

”ތެލުގެ ހަރަދު މިހެން ބޮޑުކޮށް އޮތް ކަމަށް ވަންޏާ 20 ރުފިޔާއަށް މަސްކިލޯއެއް ގަންނާން. އެކަމަކު ހާލަތު ބަދަލުވެ ތެލުގެ އަގު ދަށަށް ދާނަމަ، އަގުތައް ރިވައިޒް ކުރާނަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ދޯނި ގިނައިން ބަނުމަށް މަސްވެރި އާއިލާތަކަށް ހިތްވަރު ދެއްވާފައެވެ. އަދި ދޯނި ބަނުމުގެ މަސައްކަތަށްވެސް ސަރުކާރުން ކޮށްދެވޭނީ ކޮންކަމެއްތޯ ބައްލަވައި ދެއްވާނެ ކަމުގައެވެ.

One Comment

Leave a Reply to AAA Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button