ޚަބަރު

ހަރަދު ކުޑަ ނުކޮށް ޖީއެސްޓީ ބޮޑުކުރިޔަސް ދެކޮޅު ނުޖެއްސޭނެ: ވޯލްޑް ބޭންކް

މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޖީއެސްޓީ) އާއި ފަތުރުވެރިކަމުގެ ސިނާއަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ބޮޑުކުރިޔަސް ސަރުކާރުގެ ހަރަދު ކުޑަނުކުރާ ނަމަ، ރިކަރަންޓް ހަރަދުތައް ފޫ ނުބެއްދޭނެ ކަމުގައި ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ޝާއިއުކުރި ”މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް“ ރިޕޯޓުގައިވާގޮތުން ދައުލަތުގެ ހަރަދު ކުޑަ ކުރުމަކީ މިވަގުތު އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅެވެ. އަދި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކުރާ ހަރަދު ހަރުދަނާ އުސޫލެއްގެ ދަށުން ކުރުމަކީ ބޭނުންތެރި ކަމެކެވެ.

ސަރުކާރު ކުންފުނިތަކަށް ދޭ ސަބްސިޑީތައް މަދުކޮށް، އެ ސަބްސިޑީތައް ދެވޭ އުސޫލުތައް ހަރުދަނާކޮށް، އިންވެސްޓުމެންޓުތައް ރަނގަޅަށް މެނޭޖުކުރުމަކީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުގެ އާމްދަނީ ބޮޑުތަކުން ދަށަށް ގޮސް، ލިބޭ މިންވަރަށްވުރެ ހަރަދު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، އެ ހަރަދު ފޫ ބެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ޓެކްސް ބޮޑު ކުރުމަށް ބިލެއް ހުށަހަޅާފައެވެ. އަދި ބިލު މަޖިލީހުން ވަނީ ބަލައިގަނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button