ޚަބަރު

އެފްކޮންސްގެ މަސައްކަތުގެ ކޮލެޓީ ދަށް: ނިހާދު

ެަރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ އެމްޑީޕީގެ އިއްޒަތްތެރި މެންބަރު މުހައްމަދު ނިހާދު ސޯޝަލް މީޑިއާގައި އެފްކޮންސްގެ މަސައްކަތަށް ފާޑުވިދާޅުވެއްޖެއެވެ.

މެންބަރު ނިހާދު ކުރެއްވި ޓުވީޓެއްގައި ވަނީ އެފްކޮންސްއަށް އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ހަވާލު ކުރެވިފައިވަނީ ތިން ސަރަހައްދެއްގައި އެއްފަހަރާ މަސައްކަތް ކޮށް އަވަހަށް، ކޮލިޓީކޮށް މަސައްކަތް ނިންމަން ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަމުންދަނީ އެންމެ ޓީމަކުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

https://twitter.com/nihad_m/status/1582721964430348288?t=f0SNlKVOgtlaq5tyYD3Pqw&s=19

މިމަސައްކަތް އަމަލީ ގޮތުން އިފްތިތާހު ކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހު، ފޮރިން މިނިސްޓަރ އަބްދު ޝާހިދު އަދި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސ.ޖައިޝަންކަރު ބައިވެރިވެވަޑައިގެންނެވި ހާއްސަ ހަފްލާއެއްގައެވެ. 1.2 ބިލިއަން ރުފިޔާގެ މި މަސައްކަތް ކުރުމަށް މަގުތަށް ކޮނެފައި ގިނަދުވަހު ބެހެއްޓުމުން އުނދަގޫތަކާއި ދިމާވާކަމަށްވެސް މެންބަރު ނިޙާދު ވިދާޅުވެފައިވެއެވެ.

އެފްކޮންސްއަށް ހަވާލުކުރެވިފައިވާ ތިލަމާލެ ބުރިޖުގެވެސް މާބޮޑު އަމަލީ މަސައްކަތެއް މިހާތަނަށް ފެނިފައެއްނުވެއެވެ. އެފޮކޮންސް އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނަފައިވާ ގޮތުން ނަމަ، ވިލިމާލެ އާއި މާލެ ގުޅޭ ބުރިޖު، 2023 ވަނަ އަހަރު އޯގަސްޓް މަހު އާންމުންނަށް ބޭނުންކުރަން ހުޅުވާލެވިގެންދާނެ ކަމުގައެވެ. ނަމަވެސް މި ތާރިހު އައުމަށް އަހަރަކަށް ވުރެން މަދު ދުވަސް ކޮޅެއް އޮތުމުން، މިއީ ހުވަފެނަކަށް ވުމަކީ ވުންއެކަށީގެންވާ ކަމަކެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button