ޚަބަރުސިޔާސީ

ކޮންމެ ކަމަކަށްވެސް ފިޔަވަޅު އަޅަނީ މަސްލަހަތު ގެއްލޭ ހިސާބުން: ސެންބެ

އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމާތުވާ މީހުން ފުލުހުން ހައްޔަރު ކުރަންފެށީ ރައްޔިތުންގެ މެދުގައި ސުލްހަ މަސްލަހަތު ގެއްލޭ ހިސާބަށް ކަންކަން ދިޔުމުން ކަމަށް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ ކަމެއްވެސް މިސަރުކާރުން ކުރަނީ ރައްޔިތުންގެ ތެރޭގައި ސުލްހަ މަސްލަހަތު ގެއްލޭ ހިސާބަށް ދިޔުމުން ކަމަށެވެ. ސެންބެ މިފަދައިން ވިދާޅުވީ އެއް ޖިންސުން ގުޅުންހިންގި ކަމަށް ތުހުމާތުވާ މީހުން ހައްޔަރު ނުކޮށްގެން ސަރުކާރަށް ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާ ލިވާތު ކުރި މީހުން ހައްޔަރު ކުރަން ފުލުހުން ވަނީ މިހާރު ފަށާފައެވެ. މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ސެންބެ އިތުރަށް ފާހަގަކުރެވި ގޮތުގައި ލިވާތު ކުރި މީހުން ހައްޔަރު ކުރަނީ ކޮންމެހެން އަދަބެއް ދޭކަށް ނޫންކަމަށާ މިސަރުކާރަށް ރައްޔިތުން ފަރާތުން ކުރިމަތިވާ ޕުރެޝަރު ހުއްޓުވުމަކަށް ގެނައުމަށެވެ.

އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައި ވީނަމަވެސް ގިނަ ފަރާއްތަކެއް އަދިވެސް ތިބީ މިނިވަން ކަންމަތީކަން ފާހަގަވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button