މުނިފޫހިފިލުވުން

ދުވާލަކު ހަތަރު ތަށި ގްރީން ޓީ ބުއިމަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަވެދާނެ ކަމެއްތަ؟

ސަޔަކީ ހެނދުނުގެ އެންމެ ފުރިހަމަ ބޫސްޓް ލިބޭ އަދި މުޅި ދުވަހު އެއް އެނަޖެޓިކް އަދި ރިފްރެޝްކޮށްފައި ބެހެއްޓޭނެ އެއްޗެއް ކަމަށް ގަބޫލުކުރެވޭތީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކަށް ސަޔަކީ އެންމެ ފުރިހަމަ އެއް ބުއިމެކެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ވެސް  ސައި ބުޔުމުން އެހީތެރިވެދެއެވެ.

އަށް ގައުމަކުން 1 މިލިއަނަށްވުރެ ގިނަ މީހުންގެ މައްޗަށް ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ކަޅު، ފެހި، ނުވަތަ އޫލޯންގް ޓީ ބުޔުމަކީ މި މެޓަބޮލިކް ކޮންޑިޝަން ޖެހުމުގެ ފުރުސަތު ކުޑަކުރެވިދާނެ ކަމެކެވެ.

ޔޫރަޕިއަން އެސޯސިއޭޝަން ފޯ ދަ ސްޓަޑީ އޮފް ޑައިބެޓީސް (އީއޭއެސްޑީ) ގެ އަހަރީ ބައްދަލުވުމުގައި ހުށަހެޅި މި ދިރާސާގައި، ދުވާލަކު ހަތަރު ތަށި ސައި ބުއިމަކީ އެވްރެޖްކޮށް 10 އަހަރުގެ ތެރޭގައި ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު 17 ޕަސެންޓް ދަށްވުމާ ގުޅިފައިވާ ކަމެއް ކަމަށް ވަނީ ތަފްސީލުކޮށްދީފަ އެވެ.

”އަހަރެމެންގެ ނަތީޖާ ވަރަށް އެކްސައިޓިން، ސަބަބަކީ އެމީހުން ލަފާ ކުރާ ގޮތުގައި ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ދުވާލަކު ހަތަރު ތަށި ސައި ބުއިން ފަދަ އާދައިގެ ކަމެއް ކުރެވިދާނެ،“ ޗައިނާގެ ވޫހާން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޒިއާޔިންގް ލީ ވިދާޅުވި އެވެ.

އޭގެ ތެރެއަށް ކިރު އިތުރުވުމުން ސައިގެ ޕްރޮޓެކްޓިވް އިފެކްޓް އިތުރުވެދާނެ ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ސައި ބުއިމާއި ޑައިބެޓީސް އާ ބެހޭ ގޮތުން ކުރި 19 ދިރާސާއެއްގެ މެޓާ އެނަލިސިސް އެއް ހެދުމަށް ފަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ކަޅު، ފެހި ނުވަތަ އޫލޯންގް ސައި ބުއިމާ ދެމެދު ”މުހިންމު ލައިންނިއަރ އެސޯސިއޭޝަނެއް“ ފެނި، ޑައިބެޓިކް ވުމުގެ ފުރުސަތު ކުޑަކޮށްދޭކަން މި ފެނުމުގެ މައްޗަށް ބިނާކޮށްފައެވެ.

“ޕޮލިފެނޯލް ފަދަ ސައިގައި ހިމެނޭ ވަކި ވަކި ބައިތަކުގެ ސަބަބުން ލޭގައި ގްލޫކޯޒް ގެ މިންވަރު ދަށްވުމަކީ އެކަށީގެންވާ ކަމެއް، ނަމަވެސް މި ބަޔޯއެކްޓިވް ކޮމްޕައުންޑްތަކުގެ އެކަށީގެންވާ މިންވަރެއް އިފެކްޓިވް ވާން ބޭނުންވެދާނެ،“ ލީ ވިދާޅުވި އެވެ.

މިކަމުގެ ފަހަތުގައިވާ ސަބަބު ބަޔާންކުރައްވަމުން ބެންގަލޫރުގެ އެޕޯލޯ ސްޕެކްޓްރާ ހޮސްޕިޓަލުގެ ކޮންސަލްޓަންޓް – އިންޓަރނަލް މެޑިސިން، ޑޮކްޓަރ ރަވީ ޝަންކަރުޖީ ކޭސަރީ ވިދާޅުވީ“ ގްރީން ޓީގެ ހަތަރު ތަށި ބުއިމަކީ މީހާގެ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެއް، ނަތީޖާއެއްގެ ގޮތުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްވެސް އެހީތެރިވެދޭނެ ކަމެއް“ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ލޭގައި ގްލޫކޯޒް ގެ މިންވަރު ދަށްކުރުމަށް ހަކުރު ނެތި އެ ތަކެތި ބޭނުން ކުރަން ޖެހޭނެ ކަމަށެވެ.ޑރ ކޭސަރީ ވަނީ 16 އަހަރުން ދަށުގެ ކުދިން ސައިބޯއިރު ސަމާލުވުމަށް އެދިފައެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button