ވެލާނާ އެއާޕޯޓުގެ ވެހިކަލެއް އިންޑިއާ ބަޔަކު ވަގަށް ނަގައިގެން ހުޅުމާލެއަށް ގެންގޮސްފި
ވެލާނާ އެއާޕޯޓުގެ ވެހިކަލެއް އިންޑިއާ ބަޔަކު ވަގަށް ނަގައިން ހުޅުމާލެއަށް ގެންގޮސްފައިވާ ކަމުގެ މުއުތަބަރު މައުލޫމާތެއް ”ބޮންތި“ އަށް ލިބިއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް މައުލޫމާތު ދިން ގޮތުގައި ހުޅުލޭ އައިލެންޑު ހޮޓަލުން ބަނގުރާ ބޮއެގެން މަސްތުގެ ހާލަތުގައި ތިބި އިންޑިއާ ބަޔަކު ވަނީ ވެހިކަލަށް ވަގަށް އަރައިގެން ހުޅުމާލެ އަށް ދަތުރުކޮށްފައެވެ. އަދި އެމީހުން ދަތުރުކުރި މަންޒަރު ބައެއް ސީސީޓީވީ ކެމެރާތަކުން ފެންނަ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
”ބޮޑަށް ބެލެވެނީ މިއީ މެއިންޓެނެންސް ޑިޕާޓުމެންޓުގެ ވެހިކަލެއް ކަމަށް. އެކަމަކު އޭވިއޭޝަން ސެކިއުރިޓީވެސް މިބާވަތުގެ ވެހިކަލް ބޭނުން ކުރޭ. އެއަށް ރަންވޭ މައްޗަށްވެސް އެރޭނެ. ސީދާ މި ވެހިކަލްގެ ވާހަކައެއް ނޫން މިބުނީ. އެކަމަކު މިއީ ކިހާ ނުރައްކާތެރި ކަމެއް.“ އޭނާ ބުންޏެވެ.
”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ވެހިކަލެއް އެއާޕޯޓުގައި އޮއްވާ، ބަޔަކު ވެހިކަލަށް އަރައިގެން ގޮސްފައިވާ ކަމުގެ މައުލޫމާތު އިއްޔެ މެންދުރު 12:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމުގައެވެ.
”ވެހިކަލަށް އަރައިގެން ގޮސްފައިވަނީ އެއާޕޯޓު ތެރޭ ޕާކިން އޭރިއާގަ އެ ވެހިކަލަށް ތަޅުދަނޑި ޖަހާފައި ވަނިކޮށް.“ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހޯދި ހޯދުމުން އިއްޔެ 14:00 އެހާކަންހާއިރު ހުޅުމާލޭގައި ވެހިކަލް ޕާކު ކޮށްފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ފާހަގަކުރެއްވިއެވެ.
#BreakingNews @MACLmedia ge vehicle eh vagah nagaai gen rey dhanvaru gengos hulhumale ga park kohfa ohvaa @PoliceMv hoadhaifi. @DhiyaresNews @Mihaarunews pic.twitter.com/Qe2ZjFfEW3
— Riyattey (@riyyatey) September 17, 2022
އެއާޕޯޓުގެ ގިނަ ސަރަހައްދުތަކަށް ވަދެވޭ މި ވެހިކަލް އޭވިއޭޝަން ސެކިއުރިޓީ އިން ބޭނުން ކުރޭތޯ އެމްއޭސީއެލްގެ މީޑިއާ އޮފިސަރާއި ”ބޮންތި“ އިން ކުރި ސުވާލަށް ހަބަރު ޝާއިއު ކުރުމާ ހަމައަށް ޖަވާބެއް ނުލިބެއެވެ.
ތިވާނީ ދޮގަކަށް. ނޫނީ ތިކަމެއް ތިކުރީ ނަފްސާނީމީހެއް
Saabas
kihaa bodu b eh.mi echchehi mithanun beyrumuranvejennu miharuge.gaumakah jeheyne bodathi aafaathugetherein aafaathe.ibu gahdhaarah salaam
ކަލޭނޭ ގައުމެއްނެތޭ އިންޑިޔާ މި ގައުމު އެމީހުންގެ މުށުތެރެޔަށްލައިފި