މަންޓާ އައްޑޫ ދަތުރުތައް މެދުކެނޑުމަކަށް!

މަންޓާ އެއާގެ އައްޑޫ ދަތުރުތަށް މެދުކެންޑުމަކަށް އައިސްފިއެވެ.
މަންޓާ އެއާލައިން އިން ބުނެފައި ވަނީ އައްޑު އަށް ދަތުރުކުރަން ބޭނުން ކުރަމުން އައި މަތިންދާބޯޓް މަރާމާތަށް ބޭރަށް ފޮނުވަން ޖެހުމާ ގުޅިގެން ދަތުރުތަށް މެދުކެންޑު ނީކަމަށެވެ.
މަންޓާ އެއާލައިން މިކަމުގައި ބުނެފައި ވަނީ އިންސްޕެކްޝަނަށް ރާއްޖޭން ބޭރަށް ބޯޓް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެހެން ކަމުން މި އަހަރުގެ ޑިސެމްބަރުގެ ކުރިން އައްޑޫ އަށް އަލުން ދަތުރުތައް ފެށޭނެ ކަމުގެ އުންމީދެއް ނެއްކަމަށެވެ.
މަންޓާ އެއާގެ ދަތުރުތަށް އައްޑޫއަށް ފެށީ މި އަހަރުގެ ފެބްރުއަރީ 24ވަނަ ދުވަހުއެވެ.
އައްޑޫއަށް މަންޓާއިން ކޮންމެ ދުވަހަކުމެ އެއް ފުލައިޓް ދަތުރުކުރެއެވެ. މިފަހުން މަންތާއިން ވަނީ ހއ.ހޯރަފުއްޓަށް ދަތުރުތައް ފަށާފައެވެ.
މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުން ތިބީ މާޔޫސް ކަމެއްގައެވެ. އައްޑޫގެ ރައްޔިތުން އެދެނީ ވީހާވެސް އަވަހަށް މިކަމަށް ހައްލެއް ހޯދައިދިނުމަށެވެ.