ޚަބަރު

ރައީސް ސޯލިހުއަކީ ރަސޫލެކޭވެސް އިމްރާން ބުނެފާނެ: ޢަލީ ރަމީޒް

ރައީސުލް ޖުުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ރަސޫލެއްކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެދާނެ ކަމަށް ސަލަފް ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒް މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި  ކީރިތި ރަސޫލާ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއްކަމަށް އިމްރާން ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އަލީ ރަމީޒްގެ ޓްވީޓްގައި ވިދާޅުވީ ރައީސް ސޯލިހުއަކީ ރަސޫލެއް ކަމަށް އިމްރާން ވިދާޅުވެދާނެ ބިރު އޭނާގެ ހިތުގައި އެބައޮތް ކަމަށެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ލ. ގަމުގައި ކުރިއަށްދިޔަ ”ވިއަވަތި“ ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެންނަނީ ކީރިތި މާތް ރަސޫލާ ވެރިކަން ކުރެއްވި ސިފަތައް ކަމުގައެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަނީ ކީރިތި ޤުރުއާންގައި ބަޔާންކުރައްވާފައިވާ ފަދަ ހެޔޮ ވެރިކަމެއްކަމަށާއި، ރައީސް ސޯލިހުގެ ވެރިކަމުން ފެންނަނީ ކީރިތި މާތް ރަސޫލާ ވެރިކަން ކުރެއްވި ސިފަތައް ކަމުގައެވެ.

އިމްރާންގެ ބަސްމަގު ހުރިގޮތުން އެތައް ޢިލްމުވެރިންނާއި އާންމު ފަރާތްތަކާއި ސިޔާސީ ބޭފުޅުންގެ ފާޑުކިޔުން އިމްރާނަށް ވަނީ އަމާޒުވެފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button