ގދ އަތޮޅު އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 މުއިއްޒު ފައްޓަވައިދެއްވައިފި

ގދ އަތޮޅު އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ފައްޓަވައި ދެއްވައިފިއެވެ.
ޑރ މުއިއްޒު އަދި މާލެ ސިޓީ ކައުންސިލްގެ ޓީމަށް ތިނަދޫއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުއެވެ. ތިނަދޫ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް މާލެ ސިޓީ ކައުންސިލްގެ ޓީމަށް ކިޔާފައެވެ.
ގދ އަތޮޅު އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 ހުޅުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީގެ އިތުރު ބައެއް ކައުންސިލަރުން ވެސް ވަނީ ބައިވެރިވެވަޑައިގަނެފައެވެ. pic.twitter.com/l6Iv83saTn
— Male' City Council (@MaleCitymv) September 11, 2022
މި ރަސްމިއްޔާތުގައި މޭޔަރު ޑރ މުޢިއްޒުގެ އިތުރުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް، ހުޅުމާލެ ދާއިރާގެ ކައުންސިލާ އިބްރާހިމް ޝުޖާއު، މެދު ހެންވޭރު ދާއިރާގެ ކައުންސިލާ އާދަމް ރަމީޒް އަދި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލާ އިބްރާހިމް އަބޫބަކުރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑރ މުއިއްޒު އަދި މާލެ ސިޓީ ކައުންސިލްގެ ޓީމް އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުއެވެ.