އިނގިރޭސި ރާނީ ކުއީން އެލިޒަބަތު މަރުވެއްޖެ
އުމުރުން 96 އަހަރުގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު މަރުވެއްޖެއެވެ.
ރާނީ އެލިޒަބަތު މަރުވެފައިވާކަން ބަކިންހަމްޕެލަސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ރާނީ މަރުވީ ބަލިވެ އުޅޭތާ ގިނަ ދުވަސްތަކަކަށް ފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ބަލިހާލަތު ގޯސްވި ސަބަބެއްކަމަށް ރިޕޯޓްތައް ބުނަނީ ރާނީގެ ފިރިމީހާ ޕްރިންސް ފިލިޕް މަރުވުމާއި ގުޅިގެންކަމަށެވެ.
ޕްރިންސް ފިލިޕް މަރުވެފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ. ރާނީ ވަނީ އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތުގައި 70 އަހަރު ހޭދަކޮށްފައެވެ.
ރާނީ އެލިޒަބަތު މަރުވުމުން ދެން ރަސްކަމުގެ ތަހުތާ ހަވާލުވާނީ އުމުރުން 73 އަހަރު ޗާލްސްއެވެ.
ޗާލްސް އަކީ އަވަހާރަވެފައިވާ ޕްރިންސަސް ޑަޔާނާގެ ކުރީގެ ފިރިމީހާއެވެ. ޗާލްސްއަށްފަހު ރަސްކަމުގެ ތަހުތު ދެން ވާރުތަވާނީ ޗާލްސް އާއި ޑަޔާނާގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްއަށެވެ.
މާތް ބަހުން ކިޔަން ދަސްކުރައްވާ.ރާނީ މަރުވި ކަމަށް ލިޔެގެން ނުވާނެ.މި ޚަބަރު ލިޔާނީ ޕާޓޭއެއްހެން ހީވަނީ.
Raanee maruvee.Dayana avahaaravee Khabaru liyuvvaa iru maaiy bahun liyueqvumah dhannavan.