ޚަބަރު

ޕީޖީ ވަކީލުންގެ ސަކަރާތް ޖެހުން ހައްދުފަހަނައަޅާ ދިއުމުން ގާޒީ އިންޒާރު ދީފި

ވ.އާރަށު މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީން އަބަދުލްގައްޔޫމުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ހީނ ސަމާސާކޮށް ސަކަރާތް ޖަހާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ދެއްވައިފި އެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ދިފާއީ ވަކީލުން ވާހަކަ ދެއްކެވުމުން ދައުލަތުގެ ވަކީލުން ވަނީ ހީނ ސަމާސާކޮށް ފުރައްސާރަ އަމާޒުވާގޮތަށް ސަކަރާތް ޖަހާފައެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ޝަރީއަތުގެ މަޖިލީހަކީ އެކަކު އަނެކަކު ކޮއްޓާ، ހީ ސަކަރާތް ޖަހަން އޮންނަ މަޖިލީހެއް ނޫން ކަމުގައެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިޔަށް ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ޝަފަހީ ހެއްކެއް ކަމުގައިވާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހެކިބަސް ނެގުމެވެ. އޭނާގެ ހެކިބަސް ނަގަމުން ދިޔައިރު ދައުލަތުގެ ވަކީލުން ވަނީ ސަމާސާކޮށް ޖިނާއީ ބޮޑު މައްސަލައެއް ޖޯކެއްގެ ގޮތުގައި ނަންގަވާފައެވެ،

މިކަމާ ގުޅިގެން މީސް މީޑިއާގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި ޕީޖީގެ ވަކީލުންނަށް މަލާމާތާއި ފުރައްސާރަ ވަނީ އަމާޒުވެފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button