ޚަބަރުސިޔާސީ

ޓެކްސް ބޮޑު ކުރުމުގެ ބިލު މަޖިލީހުން ބަލައިގެންފި!

ޓެކްސް ބޮޑު ކުރުމުގެ ބިލު މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހު ކުރުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު މަޖިލީހަށް ފޮނުވި ބިލުގެ ބަހުސް ނިންމުމަށް ފަހު، މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފަ އެވެ.

މި ބިލަށް ވޯޓަށް އެހިވަގުތު 62 މެންބަރުން ހާޒިރުވެ ތިއްބެވިއިރު، މިބިލާ އެއްކޮޅަށް ވޯޓު ދެއްވީ 32 މެންބަރުންނެވެ. 20 މެންބަރުން ވޯޓުގައި ބައިވެރި ނުވާއިރު ބިލާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. އެއީ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން އާއި ޕީޕީއެމްގެ މެންބަރު އަހްމަދު ޝިޔާމް، ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް، ޕީއެންސީގެ މެންބަރު އާދަމް ޝަރީފް، ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު، އެމްއެންޕީގެ މެންބަރު އަހުމަދު ނާޒިމް އާއި އެޕާޓީގެ މެންބަރު އަބްދު ރިޔާޒު އެވެ. މީގެ އިތުރުން އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައި ނުގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްވެސް އެބިލާ ދެކޮޅަށް ވޯޓު ދެއްވިއެވެ.

މި ބިލުގެ ބަހުސްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުންވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މިއަދުގެ ވޯޓުގައި އެމްޑީޕީގެ ެއެއްވެސް މެންބަރަކު އެ ބިލާ ދެކޮޅަށް ވޯޓެއް ނުދެއްވައެވެ

މި ބިލް ހުށަހެޅި ސަބަބަކަށްވަނީ މިވަގުތު ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެސް މިކަމުގެ އަސަރު ކުރަމުން ދާތީ އާއި ދައުލަތުގެ ކޮންމެ ދުވަހެއްގެ ހަރަދުތައް ހަމަނުޖެއްސޭނެކަމަށް ބުނެއެވެ. އަދި މި ބިލްގެ ދަށުން އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް %6 އިން %8 އަށް ބޮޑުވެގެންދާނެއެވެ. މިބިލު ގާނޫނަކަށް ވެއްޖެނަމަ، އެއަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނުއަރީ އިން ފެށިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button