އިންޑިއާ އައުޓު ހަރަކާތް މަޑު ޖައްސާލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޣައިރުގާނޫނީ ގަރާރަކުން ފުލުހުން ނިކުމެ ރައްޔިތުންނަށް އަނިޔާ ކުރާތީ ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް މިރޭ ދެއްވި އެކްސްކުލޫޒިވް އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލުމަށް ހިންގި އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ރައީސް ސޯލިހު ނެރުއްވީ ގާނޫނާ ހިލާފް ގަރާރެއް ކަމުގައެވެ.
”އަޅުގަނޑުމެން އިންޑިއާ އައުޓް ހަރަކާތް ހިންގީމަ ދެން މިވާގޮތަކީ ފުލުުހުން ތަންފީޒު ކުރާނެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް އެ އަދި ގާނޫނާ ހިލާފް ގަރާރެއް ވިޔަސް، ގަރާރެއް އޮތް ކަމަށް ވަންޏާ. އާންމުން އަޑު އުފުލަން ނިކުތީމަ ފުލުހުން އަމަލުކުރާގޮތް އެބަ ފެނޭ.“ ރައީސް ޔާމީން ވިދާޅުވިއެވެ.
އަނިޔާވެރިގޮތަކަށް ހާލަތާ ނުބައްދަލު ބާރު އާންމުނަށް ޓާގެޓްކޮށް ބޭނުން ކުރާ ހިސާބަށް ގޮސް ރަށްރަށުގައިވެސް މަސްލަހަތު ގެއްލޭގޮތަށް ކަންކަން މަގުފަހިވެގެންދާން އެމަނިކުފާނު ބޭނުންފުޅު ނުވާކަމުގައި ޔާމީން ވިދާޅުވިއެވެ. އަދި އެކަމަށް އޮތް ހައްލަކީ ކޯޓުން ގޮތެއް ނިންމުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާތަލުގައިވެސް ހިޔާލު ފާޅު ކުރުމުގެ ހައްގު ނުހިފެހެއްޓޭއިރު ޣައިރު ގާނޫނީ ގަރާރެއް ނެރެގެން އިތުރު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.
ރީތިކޮށްލީތަ?.ނުޖެހޭ އެކަހަލަ ގަރާރަކަށް އެކަން ހުއްޓާކަށް.ދެން އެހެންވެއްޖެނަމަ ކަލޯ ކުރިމަތިލާނަމަ ވެސް އެބަ މަސްލަހަތު ގެއްލޭ. އޭރުވެސް ބަޔަކު ހައްޔަރަށްދާނެ..ކުރިމަތި ނުލާތި…..ނުވާނެ ޔާންޓޭ އަކަށް.
Yaameen ah eginulahvaneetho konme reyaku maguthahmathee muzaahira kuraairu dhen thibi meehunaa vaane udhagoo 40 or 50 meehunlaigen thikuraa kamakun mulhi male there halabolive maraa maaree are thalhaa folhun hinganevaru rayyithun nah thihaa heyo edhey meehaku ekahala kanthakaa visnaane verikamaa ulhen vaanee reethigothuga mihunnany rayyithun votun nihmah jehey kanthah. vote laandhen madun hurebala rayyithun beynunvaameehaku hovaane kurinhen kaleyves molhu ejendaa eh hifaigen nukumebala thivisnuh dookohfa molhuvedhaane verikan libidhaane
Liyaa comments upload kuran @bonthi news ah nukerenee keehvetha nukerehyya comments kuran nubaindhaa