ޚަބަރު
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު މެފެޑްރޯން އަތުލައިގަނެފި
ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 526 ގްރާމްގެ މެފެޑްރޯން ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގެންފައި ވަނީ ޖޫން 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްގައި ޝައްކު ކުރެވޭ ޒާތުގެ އެއްޗެއް ހުރުމުން އެތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ޕާރުސަލްއިން ފެނުނު ތަކެތި ފުރަތަމަ ތަހުލީލްއިން ވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 526 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ހާމަކުރެ އެވެ.