ޚަބަރު

އެއާޕޯޓުގައި ޖާސޫސް ކުރަން އުޅުނު އިންޑިއާ ދެ މީހުންގެ ދަބަހުން ގޮވާ އެއްޗެއް ނުފެނޭ: ޕޮލިސް

ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އިންޑިއާގެ ދެ މީހުންގެ ދަބަހުން ގޮވާތަކެތި ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ދަބަހުން ގޮވާތަކެތި ފެނިފައިވާކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމުގައެވެ. އެމީހުން ހައްޔަރުކުރީކީއްވެ ކަމެއް އަދި އެމީހުން ދަބަހުން ފެނުނީ ކޯޗެއްކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރާއި 41 އަހަރުގެ ބިދޭސީ ދެ ފިރިހެނުންނެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވަނީ އިއްޔެއެވެ.

One Comment

  1. މީ ތިބުނާ ނޫސްވެރިކަމުގެ ހައްގާކި ދޮގު ހަބަރު ފެތުރުންތޯ؟ އެ ޚަބަރުގެ ތެދު ދޮގު ބަލާ ޔަގީން ކޮށްފާާތޯ ތި ޚަބަރު ނޫސްތަކުގައި ތި ލިއުއްވި އެހެންވީމާ ތި ނޫސްވެރިޔާ ތިކުރީ އިސްލާމްދީނުގެ ބޮޑުވެގެންވާ ފާފައެކެވެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button