އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗެއް ހޫނުވެ މާރާމާރީ ހިންގަން އުޅުމުން ރެފްރީ ފިލައިފިއެވެ.
އިއްޔެ ކުޅުނު މެޗުގައި ބައްދަލުކުރީ ބުރު ސްޕޯޓްސް ކްލަބް އާއި ކްލަބް ޓީނޭޖެވެ.
ރެފްރީ ފިލީ ކްލަބް ޓީނޭޖް އޮފިޝަލުންނާއި ސަޕޯޓަރުންތަކެއް އޭނަ ފަހާ ދުވުމުންނެވެ. ދަނޑު މަތިން ފައިބައިގެން ރެފްރީ ގޮސް ވަނީ ދަނޑުގައި ހުންނަ ރޫމަކަށެވެ.
ރެފްރީ ފަހާ ކްލަބް ޓީނޭޖަށް ނިސްބަތްވާ ބަޔަކު ދުވީ މެޗު ނިމެން ފަސް ވަރަކަށް މިނެޓަށްވެފައިވަނިކޮށެވެ. އޭގެ ފަހުން މެޗު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މެޗު ހުއްޓާލިއިރު، 1-3 ގެ ކުރީގައި އޮތީ ބުރު ސްޕޯޓްސް ކްލަބެވެ. މެޗު ހުއްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކްލަބް ޓީނޭޖުގެ ޓީމު ވަނީ ދަނޑު ދޫކޮށް ގޮސްފައެވެ. އެއަށްފަހު މެޗު އޮފިޝަލުން ނިންމާފައި ވަނީ އެ މެޗުން މޮޅުވީ ބުރު ސްޕޯޓްސް ކްލަބު ކަމަށެވެ.
Mifenvaruge meehun miulhenee football kulhen