މަޝްރޫއު އަތުލި ނަމަވެސް މަގު ހެދުމުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ
މަޝްރޫއު އަތުލި ނަމަވެސް ރައްޔިތުންގެ ތަރައްގީއަކާއި ގުޅިފައިވާ ކަމެއް ވުމުން މަގު ހެދުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.
މާލެ ސިޓީގެ އަމީނީ މަގު ހެދުމުގެ މަޝްރޫއު ފެއްޓުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 30 އޯގަސްޓު ވީ އަންގާރަ ދުވަހުއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އަމީނީ މަގުގެ ދަރުބާރުގެ ހުންނަ ސަރަހައްދުގައެވެ.
މާލެ ސިޓީ ކައުންސިލް އަތުން މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަތުލާ ޕްލޭނިންގް މިނިސްޓްރީ އާއި ހަވާލުކޮށްފައިވަނީ މިއަހަރުއެވެ.
ނަމަވެސް ނިމިދިޔަ ކައުންސިލާއި އާރްޑީސީ އާއި ދެމެދު މަގު ހެދުމަށް އެއްބަސްވުމެއްގައި ވަނީ ސޮއި ކޮއްފައެވެ.
އަދި އޭރު ސޮއިކުރެވުނު އެއްބަސްވުމުގެ ސްކޯޕަށް ބަދަލުތަކެއް ގެނެސް 4 ވަނަ ދައުރުގެ ކައުންސިލުން ވަނީ އަލުން އެއްބަސްވުމަށް ގެނެވުނު ބަދަލުތަކާއި އެކު ސޮއިކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން އާރްޑީސީ އާއި ހަވާލުކޮށްގެން އަމީނީ މަގު ހެދުމަަށް ނިންމާފައިވަނީ 39 މިލިއަން ރުފިޔާ އަށެވެ.
އެހެންނަމަވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ އެ މަޝްރޫއު މާލެ ސިޓީ ކައުންސިލްގެ އަތުން ނަގައި 84 މިލިއަން ރުފިޔާއަށް އަލުން އާރްޑީސީ އާއި ހަވާލު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
Qaanoon dhigu aiy foarane duvaheh annane