ޚަބަރު

މަހްލޫފްގެ ޝަރީއަތް ކެންސަލް ވެއްޖެ!

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މިއަދަށް ތާވަލް ކުރުމަށްފަހު ނުބާއްވަން ނިންމައިފިއެވެ.

ދައުލަތުން މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދެއްވުމުގެ ބަދަލެއްގެ ގޮތުން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބުނެއެވެ.

މިނިސްޓަރ މަހްލޫފްގެ މި ޝަރީއަތް ނުބާއްވަން ނިންމީ، ޝަރީއަތް ކެންސަލްކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުމުންނެވެ.

މިއަދަށް މިނިސްޓަރ މަހްލޫފްގެ ޝަރީއަތް ތާވަލުކުރި އިރު އޭނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި މ އަތޮޅުގައެވެ.

2 Comments

Leave a Reply to hi zaarey Cancel reply

Your email address will not be published. Required fields are marked *

Back to top button