ޚަބަރު

މަކުނުދޫ ފެނަކައަށް ތެޔޮ ގެންދަނީ ޖަޒީރާކޮށް!

މަކުނުދޫ ފެނަކައިން ހިންގާ އިންޖީނުގެއަށް ތެޔޮ ފީފާ ގެންދަނީ ޖަޒީރާ ވަންތަ ގޮތަކަށް ކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.

”ބޮންތި“ އާއި ވާހަކަ ދައްކަމުން އެ ރަށު ޕިކަޕް ޑްރައިވަރަކު ބުނީ އޭނާ އަކީ ފެނަކައަށް ގަވައިދުން ތެޔޮ ގެންދާ ފަރާތެއް ކަމުގައެވެ. އެގޮތުން ފެނަކައިގެ ދަތުރުތަކަށް ފައިސާ ނުދައްކާތާ 6 މަސް ދުވަސް ވެފައިވާ ކަމަށާއި، އޭނާއަށް 11،300 ރުފިޔާ ނުދައްކާ އެބަހުރި ކަމުގައެވެ.

”މިކޮޅުގެ ދެން އުޅޭ ޕިކަޕުންވެސް އެބައިން ސިޓީއެއްވެސް ފޮނުވާފަ ބިލްތަކަށް ލާރި ނުލިބޭތީ. އެއަށް 21،000 ރުފިޔާ ދައްކަން ޖެހޭ ކަމަށް އެސޮރު ބުނީ. ކޯރު ކޮނުމުގެ މަސައްކަތަކާ ކޮންމެވެސް ޑެމޮލިޝާއެއްގެ ކުއްޔެއް ވެސް ނުދައްކައިގެން އޭނަވެސް ހިދުމަތް ދިނުން ހުއްޓާލައިފި.“ އޭނާ ބުންޏެވެ.

އިތުރު މައުލޫމާތު ހިއްސާ ކުރަމުން އޭނާ ބުނީ، އޭނާގެ ދޯންޏާއި ޑިމޮލިޝާއެއްގެ ފައިސާވެސް ނުދައްކާ ހުރި ކަމުގައެވެ. އަދި އިންޖީނުގެ އަޑީތެޔޮ ބަދަލު ނުކުރާތާ ދުވަސްވެ، ތެޔޮ ބަދަލު ކުރުމަށް ގެނައި ތެޔޮ ފީފާތައް އުފުލުމަށް ފެނަކައިން ގުޅުމުން އިތުރަށް ހިދުމަތް ނުދެވޭނެ ކަން ފެނަކައަށް އެންގިކަމަށް ޕިކަޕް ޑްރައިވަރު ބުންޏެވެ.

”އަޑީތެޔޮ އިއްޔެ އައިސްގެން އުފުލަން ގުޅީ މަ ގެންގުޅެނީ ޕަވަރ ގޭޓް ޕިކަޕެއް ވީމަ. ހެނދުނު މެނޭޖަރުވެސް ގުޅި. ދެން އެތަނުން ކުއްޖަކު ގުޅާފަ ބުނެފި އެމީހުން ލައްވާ ފީފާ ފުރޮޅާ ވާހަކަ.“ އޭނާ ބުންޏެވެ.

ޕިކަޕް ޑްރައިވަރު ބުނިގޮތުގައި ރަށު ޖެޓީއިން ފަށައިގެން އިންޖީނުގެ އާ ހަމައަށް 670 މީޓަރު އުޅޭނެއެވެ.

https://twitter.com/thahey13/status/1563754309702991872?s=20&t=ho4K_tTs2-YbnaJOg4JylA

މުވައްޒަފުންނަށް އެ ތަކުލީފު ޖެއްސީ ފެނަކައިން ކަމަށާއި، ގެއެއްގެ ކަރަންޓު ބިލު ނުދެއްކިގެން ކަރަންޓު ކަނޑާލާ އުސޫލުން ޕިކަޕް ޑްރައިވަރުންނާއި، އޮޑިވެރިންނާއި ފިހާރަތަކަށް ދައްކަން ޖެހޭ ފައިސާ ފެނަކައިން ނުދެއްކުމުން އެތަންތަނުންވެސް ހިދުމަތް ނުދޭނެކަން އޭނާ ފާހަގަކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button