ޚަބަރު

ހިޔާ ފްލެޓްތައް އަގު ހެޔޮ ކުރުމަށް ގޮވާލައި އިހުތިޖާޖަށް

ރައީސް ޔާމީން ގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށް ދެއްވި ހިޔާ ފްލެޓްތަކުގެ އަގު ހެޔު ކޮށްދިނުމަށް އެދި ފްލެޓް ލިބުނު މީހުން އިހްތިޖާޖު ކުރަން ފަށައިފިއެވެ.

އިހްތިޖާޖު ކުރަމުން ދަނީ ހިޔާ ފްލެޓް ލިބުނު މީހުން ހިންގާ ވައިބާ ގުރޫޕް ”ހިޔާ ފްލެޓް ޔޫނިއަން“ މެދުވެރިކޮށް ސޯޝަލް މީޑިއާގަ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއް ކަމުން މި އިހްތިޖާޖު ފަށާފައިވަނީ ހިމޭންކަމާއި އެކު ގޭގައި ތިބިގެންނެވެ. މި އިހްތިޖާޖު 32 ގަޑި އިރަށް ދެމިގެންދާނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޝުއޫރު ފާޅުކޮށް ގުރޫޕްގައި ހިއްސާކުރާ ފޮޓޯތައް އެކި ޕްލެޓްފޯމްތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްތަކައް ފޯމު ހުށައަޅަން ހުޅުވާލާއިރު ފްލެޓްތަކުގެ ކުއްޔަށް ހަމަޖައްސައިފައި ވަނީ މަހަކު 5000 ރުފިޔާއެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ ބޮޑުކޮށްފައެވެ.

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގައެވެ. މީގެ ކުރީން ރައީސް އޮފީހު ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވާގޮތުގައި އެ މަސް ދުވަހުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button