ޚަބަރު

ކައުންސިލްގެ ވެހިކަލް ނަހަަމަގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ފަތުރަނީ އަސްލެއް ނެތް ވާހަކަތަކެއް: ސިޓީ ކައުންސިލް

ކައުންސިލްގެ ވެހިކަލް ނަހަަމަގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ފަތުރަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ  މާލެ ސިޓީގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން މަޖީދީ މަގުގައި ޕާކް ކުރުން މާނާކުރުމާއި ގުޅިގެން، ސިޓީ ކައުންސިލުން ސަރުކާރުގެ އެދުމުގެ މަތިން، ހ.މުނިއުފާ ކުރިމަތީ އޮންނަ ޕާރކިންގް ޒޯން ކާރނިވަލަށް ބަދަލުކުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި އެތަނުގައި ގައު އެތުރެން އޮތީ ތަން ހުސްކޮށްގެން ކަމަށްވުމާއިއެކު، ސިޔާސީ ޕާޓީ އަކުން ޖަލްސާއެއް ބޭއްވުމަށް ކާނިވަލް ސަރަހައްދު ހުސްކުރި ވަގުތުގައި އެތަނުގައި ގައު އެތުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އެ މަސައްކަތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އެދުމުގެ މަތިން ކުރަމުން އަންނަ ކަމެއް ނޫންކަމާއި، އެ ސަރަހައްދުގައި ސިޓީ ކައުންސިލުން ހަމަ އެކަނި ގާ އެތުރުން ފިޔަވައި، ކައުންސިލްގެ އެއްވެސް ވެހިކަލެއް ބޭނުން ކޮށްގެން އެހެން ކަމެއް ކޮށްފައި ނުވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

‎މާލެސިޓީ ކައުންސިލުން ބުނީ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ގަވައިދާއި ހިލާފަށް ވަކިބަޔަކަށް މަންފާވާގޮތަށް އެއްވެސް ހިދުމަތެއް އެ ކައުންސިލުން ނުދޭނެކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button