ޚަބަރު

އއ.ތޮއްޑޫ: ވަޒީފާތަކަށް ކުރިމަތިލާނެ ބަޔަކުނެތް

އއ.ތޮއްޑޫ އަކީ އާބާދީ ނިސްބަތަށް ބަލާއިރު ވަޒީފާގެ އެތައް ފުރުޞަތުތަކެއް އޮތް ރަށެއް ނަމަވެސް ރަށުގައި ހުރި ވަޒީފާތަކަށް ކުރިމަތިލާނެ ބަޔަކު ނެތްކަމުގެ ކަންބޮޑުވުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ”ބޮންތިނޫހާއި ހިއްސާ ކުރައްވައިފިއެވެ.

ފަތުރުވެރިންގެ މެދުގައިވެސް މަޤްބޫލް ތޮއްޑޫ އަކީ ޒަމާނުއްސުރެ ކަރާ ވިއްކައިގެން ގިނަ ބަޔަކު އާމްދަނީ ހޯދަމުން އަންނަ ރަށެއްގެ ގޮތުގައި މަޝްހޫރު ރަށެކެވެ.

ތޮއްޑޫއަކީ ޓޫރިޒަމް ފެށުމާ ހަމަޔަށް 100 ޕަސަންޓް ހުރިހާ ގެއެއްގައިވެސް ދަނޑުވެރިކަމުގައި އިންވޯލްވާ ރަށެއް، ދަނޑުވެރިކަން ނުކުރާ އިރެއް ހަނދާނެއް މިރަށު އެއްވެސް މީހަކު ނުހުރޭ“ކަރަމް ވިދާޅުވިއެވެ.

މީގެ އިތުރުން ތޮއްޑޫގެ ރައްޔިތުން އާމްދަނީ ހޯދަން ކުރާ މައިގަނޑު މަސައްކަތެއް ގޮތުގައި ބިލެތް އިންދާ އޭގެން ނަފާ ހޯދުން ހިމެނެއެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ”ބޮންތި“ ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުގެ ތެރެއިން. ފޮޓޯ:ބޮންތި

ޒަމާނަށް އައި ބަދަލާއިއެކު އަތޮޅުތެރެއަށް ލޯކަލް ޓްއަރިޒަމް ފުޅާވެ، ތޮއްޑޫގައިވެސް ގެސްޓް ހައުސް ވިޔަފާރި ދަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

އއ.ތޮއްޑޫ ގެސްޓްހައުސް އެއް.


އެގޮތުން
 ލޯކަލް ޓްއަރިޒަމުން ފެށިގެން އެތަކެއް ދާއިރާތަކަކުން ތޮއްޑޫގައި ވަޒީފާތައް އުފެއްދިފައިވާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީގެ ނިސްބަތުންވެސް މި ވަޒީފާތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭކަމުގެ ކަންބޮޑުވުން ކައުންސިލުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ތޮއްޑޫގެ ދަނޑުވެރިން ދަނޑު ހެއްދުމުގެ މަސައްކަތުގައި. ފޮޓޯ:ބޮންތި

ތޮއްޑޫ އާއި ގުޅޭގޮތުންބޮންތި“ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުގައި ކައުންސިލް ރައީސް ކަރަމް ވިދާޅުވީ ވަޒީފާ ބޭނުން ހުރިހާ މީހުންނަށް ވާވަރަށް ވަޒީފާ އެބަހުރި ކަމަށާއި، އެހެން ނަމަވެސް މާބޮޑު ތަރުހީބެއް ނުލިބޭކަމަށެވެ.

ވަޒީފާ ބޭނުން ހުރިހާ މީހުނަށް ވާވަރަށް ވަޒީފާއެބަހުރި، އެހެން ނަމަވެސް މާބޮޑު ތަރުހީބެއް ނުލިބޭ. އެގޮތުން 6 އެއްކަ މަސް ވަންދެން ކުނިގޮނޑު ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކައުންސިލުން ތަކުރާރުކޮށް އިއުލާނު ކުރުމުންވެސް ލިބުނީ 3 މީހުން. މީގެ އިތުރުން ނާސަރީއެއްގެ މަސައްކަތް ފަށަންވެގެން ވެސް މީހުން ހޯދުމަށް ކުރެވުނު މަސައްކަތަށް ތަރުހީބެއް ނުލިބުނު“ ކަރަމް ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ އިތުރުން މަސްވެރިކަމުންވެސް ނަފާ ހޯދާ ކަމަށާއި، ގެސްޓްހައުސް ވިޔަފާރި ތައާރަފް ވުމާއިއެކު އެތައް ވަޒީފާތަކެއް ރަށުގައި އުފެދިގެން ދިޔަކަން ކަރަމް ފާހަގަކުރެއްވިއެވެ.

މަސްވެރިކަން ވެސް ކޮންމެވެސް ވަރަކަށް ކުރޭ. ގެސްޓްހައުސް ވިޔަފާރި 2013 ވަނަ އަހަރު ތަޢާރަފް ވުމާއިއެކު އެއާއި ގުޅުންހުރި ވިޔަފާރިތަކަށް ވަރަށްބޮޑު ޖާގައެއް ލިބިގެން ދިޔަ“ކަރަމް ވިދާޅުވިއެވެ.

މީގެ އިތުރަށް ކެފޭ ފިހާރަތައް ފަދަ ތަންތަން މީގެ ކުރިން ހުރީ ވަރަށް ކުޑަ އާބާދީއަކަށް އެކަށީގެންވާގޮތަށް ކަމަށާއި، އެހެން ނަމަވެސް ގެސްޓްހައުސް ވިޔަފާރިއާއި އެކީ ކުރިން ނުކުރާ ބާވަތް ބާވަތުގެ ވަރަށް ގިނަ ވިޔަފާރިއަށް ވަނީ މަގު ހުޅުވިގެން ގޮސްފައި ކަމަށް ކަރަމް ވިދާޅުވިއެވެ.

ދަނޑުވެރިކަމާއި މަސްވެރިކަންވެސް ކުރިއަށްވުރެ އެތައް ހަރުފަތެއް ރަނގަޅު ވެއްޖެ. އޭގެ އިތުރަށް ފަތުރުވެރިންނަށް ބޭނުންވާ ޚިދުމަތްތަކާއި ރެސްޓޯރެންޓް، ފިހާރަ، ސެލޫން އަދި ބޭކަރީސް، ފަދަ ތަންތަންވެސް ވަނީ އިތުރުވެފަ“ކަރަމް ތަފްސީލް ކޮށްދެއްވިއެވެ.

ތޮއްޑޫގައި 53 ގެސްޓް ހައުސް ހިންގަމުންދާއިރުގައި 80 އިންސައްތަ އެނދުތައް ޢީދަށް އެއްކޮށް ފުރޭ ކަމަށް ކަރަމް ވިދާޅުވިއެވެ.

ކަރަމް ވިދާޅުވީ ޚާއްސަކޮށް ޢީދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ތޮއްޑޫތައް ޒިޔާރަތް ކުރުމުން ރަށުގެ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް ބޮޑު ފައިދާއެއްވާކަމަށެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button