ޚަބަރުސިޔާސީ

މޮސްޓާ އަސްލަމަށް: ލާމަރުކަޒީ ޤާނޫނުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނެ ގޮތެއް އެބައޮތްތޯ؟

މިސަރުކާރުގައި މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ލާމަރުކަޒީ ޤާނޫނުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އެއްވެސްކަމެއް ކުރެވެން އެބައޮތްތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) މި ސަރުކާރުގެ ޕްލޭނިންގް މިނިސްޓަރު އަސްލަމާއި ސުވާލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިއިރު ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް އާއި ސުވާލު ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ނޮޅިވަރަމްފަރުގައި ހަދަމުންދާ 100 ހައުސިންގް މަޝްރޫޢު އާއި ގުޅިގެން މޮސްޓާ ވަނީ މިނިސްޓަރު އަސްލަމާއި ސުވާލު ކުރައްވާފައެވެ. އެ 100 ގެ އެއީ ކޮންފަރާތްތަކަށް ދޫކުރަން ހަދާ ގެ ތަކެއްތޯ މޮސްޓާ ސުވާލު ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ އޭގެ ބޮޑުބައި ޓާގެޓް ކުރެވޭނީ އެރަށުގެ ރަށްވެހިންނަށް ކަމަށެވެ.

މީގެ އިތުރުން މޮސްޓާގެ ދެވަނަ ސުވާލުގައި ރަށު ކައުންސިލްތަކުން ރަށުގެ ތަރައްޤީއަށް ކަންކަން ކުރުމުގައި ދިމާވާ އެންމެބޮޑު ދައްޗަކީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ޕްލޭނިންގް މިނިސްޓްރީ އާއި ހަމައިން ހުއްޓިފައި އޮންނަ އޮތުން ކަމުގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ޤާނޫނުގައި އޮންނަގޮތުން ޕްލޭނިންގް މިނިސްޓްރީ އިން ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ނުދިން ކަމުގަައިވީނަމަވެސް ތިންމަސް ހަމަވުމުން ފާސްވާނެ ކަމަށެވެ. އަދި މިނިސްޓްރީއިން އެކަމާ އެއްޗެއް ބުނަން ނުވެސްޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button