ޚަބަރު

ފުވައްމުލައް ޓައިމްސްގެ ސީއީއޯ ނިޔާވެއްޖެ

އޮންލައިން ނޫހެއް ކަމުގައިވާ ފުވައްމުލައް ޓައިމްސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއީއޯ) އަލީ ވަސީމް ހުސެއިން (ޗަންޕާ) ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ވަސީމް ނިޔާވީ މިއަދު މެންދުރު ކޭން ބެއްލެވުމަށް އިންނަވަނިކޮށް ކުއްލިގޮތަކަށް ކަމުގައި ”ބޮންތި“ އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ކަން ވަރަށް ބޮޑަށް ބެލެވޭ ކަމުގައި ފުވައްމުލަކުން ”ބޮންތި“ އާއި ވާހަކަ ދެއްކި ވަސީމްގެ ގާތް މީހަކު ވަނީ ބުނެފައެވެ. ވަސީމަކީ މީގެ ކުރިންވެސް ހިތުގެ މައްސަލަ ހުންނަ ބޭފުޅެކެވެ.

ވަސީމް ވަނީ ފުވައްމުލަކު ފުނާޑު އަވަށުގެ ކައުންސިލްގެ ރައީސްކަމުގެ މަގާމު ފުރުއްވާފައެވެ. އެ އަވަށުގެ ކައުންސިލްގެ ރައީސް ކަމަށް އެބޭފުޅާ ފުރަތަމަ އައްޔަން ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެވެ. އޭގެ ފަހުން އެބޭފުޅާ ވަނީ އިންތިިހާބުގައި ވާދަކުރައްވައި ކައުންސިލްގެ ރައީސްކަން ދެ ދައުރު އަދާކުރައްވާފައެވެ.

ވަސީމަކީ ހުރިހާ އުމުރު ފުރައެއްގެ މީހުނާ އަދި ސިޔާސީ އެކި ފިކުރުތަކުގެ މީހުންގެ އިހުތިރާމާއި ލޯބި ހޯއްދެވި ރިވެރި އަހުލާގެއްގެ ވެރި ބޭފުޅެކެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button