ޚަބަރު

ލިވާތު ކޮށްގެން އެހެން މީހަކަށް ގެއްލުމެއް ނެތް، ޔޯގާ މައްސަލަ ތަފާތު: އިބްރާ

އެންމެ ހުުތުރުކަން ބޮޑު އެއް ފާފަ ކަމުގައިވާ ލިވާތު ކޮށްގެން އެހެން މީހަކަށް ގެއްލުމެއް ނެތް ކަމަށާއި، ޔޯގާ ހަމަނުޖެހުމުގެ ސަބަބުން އެހެން މީހުންގެ ޖިސްމަށް އަނިޔާ ލިބޭ ފަދަ އަމަލުތަކެއް ފެނުނު ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިފަދައިން ވިދާޅުވީ ދެ ހަފްތާ ނުވަނީސް ލިވާތު ކުރި މީހުން ދޫކޮށްލިއިރު، ޔޯގާ ހައްޔަރީން ތިބީ ބަންދުގައިކަން ފާހަގަކުރައްވައި ވަކީލު މުހައްމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އެނާ ވިދާޅުވިގޮތުގައި ޒިނޭ އާއި ލިވާތަކީ ކުށެކެވެ. އެކުށަކީ ދެމީހަކު ނުވަތަ ގިނަ ބަޔަކު ރުހުމުގައި އެކަހެރިވެގެން ތިބެ ކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން މީހެއްގެ ފުރާނައަށް, މުދަލަކަށް, މިނިވަންކަމަކަށް ލިބޭނެ ގެއްލުމެއް ނެތްކަންވެސް އިބްރާ ފާހަގަކުރެއްވިއެވެ.

އެއާ ހިލާފަށް 22 ޖޫންގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ޔޯގާ ހަމަނުޖެހުމަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސް އަޅައި، އާންމުތަނެއްގައި ހިނގި ޓެރަރިޒަމްގެ އަމަލެއްކަމުގައި އިބްރާ ވިދާޅުވިއެވެ.

ޝަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ‏އެއްޖިންސުން ގުޅުން ހިންގި މީހުން 2 ހަފުތާ ނުވަނީސް ދޫކޮށްލިއިރު، ޔޯގާ މައްސަލައިގަ ހައްޔަރުކޮށްފައިވާ އޭނާގެ މުވައްކިލު މުޙައްމަދު ޛިލްޔަން ބަންދުގައި ހުންނަތާ މިއަދަށް 52 ދުވަސް ވެއްޖެ ކަމުގައެވެ.

“މިއަށް ކިޔާނީ ސަދޫމް ޖަސްޓިސް ނޫން ދެން ކޯއްޗެއްތޯ.” ޝަހީދު ވިދާޅުވިއެވެ.

ލިވާތު ކުރި މައްސަލައިގައި މީހުން ދޫކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ލަފާގެ މަތިންކަމަށް ފުލުހުން ވިދާޅުވެފައިވާއިރު މިމައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ގާނޫނުން ތަން ނުދޭތީ ކަމަށް ބުނެފައިވެއެވެ. ރޭގެ ވަގުތެއްގައި ދޫކޮށްލި މީހުންގެ ތެރޭގައި ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހިމެނެއެވެ.

 

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button