އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އަށް ފިޔަވަޅު އެޅުމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލު ފާޅުކުރެވޭނީ ދީނުގެ އަސްލަކާ ހިލާފް ނުވާ ގޮތަށް ކަމުގައެވެ.
”ހަރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަދެއްކުމަކީ ރާއްޖޭގައި ކުށެއް. އެފަދަ މީހުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭ.“ ޖަމީލު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ވެރިކަން އޮތުމީ ކޮންމެ ވާހަކައެއް ދެއްކުމުގެ ލައިސެންސެއް ނޫނެވެ.
ގ. އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޚިޔާލު ފާޅުކުރެވޭނީ ދީނުގެ އަޞްލަކާ ޚިލާފް ނުވާ ގޮތަށް. ޙަރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަދެއްކުމަކީ ރާއްޖޭގައި ކުށެއް. އެފަދަ މީހުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭ. ވެރިކަން އޮތުމީ ކޮންމެ ވާހަކައެއް ދެއްކުމުގެ ލައިސެންސެއް ނޫން.
— Mohamed Jameel Ahmed (@MJameelAhmed) August 13, 2022
އިބްރާއަށް ފިޔަވަޅު އެޅުމަށް ޖަމީލު ގޮވާލެއްވީ އެންމެ ހުުތުރުކަން ބޮޑު އެއް ފާފަ ކަމުގައިވާ ލިވާތު ކޮށްގެން އެހެން މީހަކަށް ގެއްލުމެއް ނެތް ކަމަށާއި، ޔޯގާ ހަމަނުޖެހުމުގެ ސަބަބުން އެހެން މީހުންގެ ޖިސްމަށް އަނިޔާ ލިބޭ ފަދަ އަމަލުތަކެއް ފެނުނު ކަމުގައި އިބްރާ ވިދާޅުވުމާ ގުޅިގެންނެވެ.
އިބްރާ މިފަދައިން ވިދާޅުވީ ދެ ހަފްތާ ނުވަނީސް ލިވާތު ކުރި މީހުން ދޫކޮށްލިއިރު، ޔޯގާ ހައްޔަރީން ތިބީ ބަންދުގައިކަން ފާހަގަކުރައްވައި ވަކީލު މުހައްމަދު ޝަހީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އެނާ ވިދާޅުވިގޮތުގައި ޒިނޭ އާއި ލިވާތަކީ ކުށެކެވެ. އެކުށަކީ ދެމީހަކު ނުވަތަ ގިނަ ބަޔަކު ރުހުމުގައި އެކަހެރިވެގެން ތިބެ ކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން މީހެއްގެ ފުރާނައަށް, މުދަލަކަށް, މިނިވަންކަމަކަށް ލިބޭނެ ގެއްލުމެއް ނެތްކަންވެސް އިބްރާ ފާހަގަކުރެއްވިއެވެ.
Ziney aa Livaath kurumakee kusheh. Ekushakee dhemeehaku, nuvatha eah vure ginameehun ruhumugai, ekaheri vegen thibe kuri kameh. Ekamun ehen meehegge furaana ah, jismah, mudhalah nurakkaleh neiy. Ehen meehegge minivan kamah huraheh neylhey.
Ekamah thuhumathu kuruvey meehunge…. https://t.co/x7PBgA36Bc
— Maverick Ibra (@ibramandhu) August 12, 2022
އެއާ ހިލާފަށް 22 ޖޫންގައި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ޔޯގާ ހަމަނުޖެހުމަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސް އަޅައި، އާންމުތަނެއްގައި ހިނގި ޓެރަރިޒަމްގެ އަމަލެއްކަމުގައި އިބްރާ ވިދާޅުވިއެވެ.
ޝަހީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މީހުން 2 ހަފުތާ ނުވަނީސް ދޫކޮށްލިއިރު، ޔޯގާ މައްސަލައިގަ ހައްޔަރުކޮށްފައިވާ އޭނާގެ މުވައްކިލު މުޙައްމަދު ޛިލްޔަން ބަންދުގައި ހުންނަތާ މިއަދަށް 52 ދުވަސް ވެއްޖެ ކަމުގައެވެ.
“މިއަށް ކިޔާނީ ސަދޫމް ޖަސްޓިސް ނޫން ދެން ކޯއްޗެއްތޯ.” ޝަހީދު ވިދާޅުވިއެވެ.
ލިވާތު ކުރި މައްސަލައިގައި މީހުން ދޫކޮށްފައި ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ލަފާގެ މަތިންކަމަށް ފުލުހުން ވިދާޅުވެފައިވާއިރު މިމައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ގާނޫނުން ތަން ނުދޭތީ ކަމަށް ބުނެފައިވެއެވެ. ރޭގެ ވަގުތެއްގައި ދޫކޮށްލި މީހުންގެ ތެރޭގައި ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހިމެނެއެވެ.
ގައުމުގާ ފިތުނަ ފަސާދަ އުފެއްދުމުގެ އެއްމޭސްތިރިއަކީ ޖަމީލު