ޚަބަރު

އެމްޑީޕީ އުފެއްދި މަގްސަދު ދެން ހާސިލެއް ނުކުރެވޭނެ: އިބްރާ

އެމްޑީޕީ އުފެއްދި މަގްސަދުތައް ހާސިލު ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވެފައި ވަނީ ”އަވަސް“ އަށް ދެއްވި ބަސްދީގަތުމެއްގައެވެ. އިބްރާ ވިދާޅުވީ އެމްޑީޕީގެ މަގްސަދުތައް ހާސިލު ކުރުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ވެރިކަން ހޯއްދެވުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ނުހުއްޓަވާ ހިނދެއްގައި އެ ޕާޓީ އުފެއްދި މަގުސަދުތައް ހާސިލު ނުކުރެވޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ. ރައީސް ނަޝީދުގެ އަމަލުތައް ހުރިގޮތުގެ ސަބަބުން އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ބަޔަކު ޕާޓީއާއި ދުރުގައި ތިބިކަން އިބްރާ ފާހަގަކުރެއްވިއެވެ.

”ދިގުކޮށް މިވާހަކަ ދައްކާނެ ކަމެއް ނެތް. އެމްޑީޕީގެ މަގުސަދުތައް ދެން ހާސިލެއް ނުކުރެވޭނެ އަންނި ވެރިކަމަށް އައުމަށް އެ ޖަހާ ސަކަރާތްގަނޑު ހުއްޓައިގެން ނޫނީ. އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު އެންމެން އެ ތިބީ އަންނިއާ ހެދި ދުރުގައި. އިހަށް ވެސް ވަގުންގެ ގޮތުގައި ތިބި ބަޔަކު މިއަދު އެތިބީ އެމްޑީޕީ ހިންގަން.“ އިބްރާ ވިދާޅުވިއެވެ.
އިބްރާ އިތުރަށް ވިދާޅުވީ އެމްޑީޕީން ކުރި މަސައްކަތުން ކޮންމެވެސް ވަރެއްގެ ކަންތައްތަކެއް ހާސިލް ކުރެވުނު ކަމަށެވެ. ނަމަވެސް މިއަދު އޮތް އެންމެ ބޮޑު ހިތާމަ އަކީ ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި އަމިއްލަ އެދުން އިސް ކުރައްވައިގެން ކުރައްވާ ކަންކަމެވެ. އެކަމުގެ ސަބަބުން ހާސިލް ކުރެވިފައިވާ ކަންކަން ވެސް އަތުން ބީވެގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button