ޚަބަރުސިޔާސީ

އަޅުގަނޑުމެންގެ ސަރުކާރެއްގައި ލިވާތުގެ މައްސަލަ ލުއިގޮތަކަށް ނުނަގާނަން: ރައީސް ޔާމީން

ލިވާތު ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ޕީޕީއެމްގެ ވެރިކަމެއްގައި ލުއިގޮތަކަށް ނުނަންގަވާނެ ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ ފެހި ސިގްނަލެއް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެކަމުގައި އެއީ ކޮން ފިކުރެއްގެ މީހެއްތޯ ނުބައްލަވާނެ ކަމުގައި ޔާމީން ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ކަންކަން ހިމާޔަތްކޮށް ދީނުގެ ހުކުމްތަކަށް ގޮންޖަހައި ފުރައްސާރަ ކުރާ ފަރާތްތަކާއިމެދުވެސް އުސޫލުގެ ތެރެއިން ފިޔަވަޅު އެޅިގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުުޅުގައި ފާހަގަކުރެއްވިއެވެ. ހާއްސަކޮށް މިސްކިއްތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކުގެ ކަންކަން ލުއިގޮތަކަށް ނުނަންގަވާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button