އަލަމްގީރްއާއެކު ލިވާތު ކުރި ކަމުގެ ތުހުމަތުގައި ޓީޗަރަކު ސަސްޕެންޑްކޮށްފި
ގިނަ އަދަދެއްގެ ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އަލަމްގީރްއާއި އެކު ލިވާތު ކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ސަސްޕެންޑްކޮށްފިއެވެ.
ޓީޗަރާއި އަދި އިތުރު އެހެން ފިރިހެނަކު ވެސް ހިމެނޭހެން ގްރޫޕް ހަދައިގެން އަލަމްގީރާ ގުޅުން ހިންގި މައްސަލައެއްގައި ޓީޗަރަކު މިއަދު ސަސްޕެންޑްކުރީ އެ މީހުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ މެންދަމު އާންމުވުމާ ގުޅިގެންނެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޓީޗަރަކީ އިމާދުއްދީން ސްކޫލްގައި މަސައްކަތްކުރަމުން އައި ށ. ކޮމަންޑު އަށް ނިސްބަތްވާ އަބުދުއްރަހްމާން ހަސަނެވެ.
އޭނާ ސަސްޕެންޑްކުރިކަން އެޑިއުކޭޝަން މިނިސްޓްރީން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެއެވެ.
ޓީޗަރާއި އަލަމްގީރާ އެކު ވީޑިއޯގައި ދެން ފެންނަނީ ކާކު ކަމެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.
މިފަހަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުން ވަނީ އާންމުވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސަރުކާރުގެ އިއްޒައްތެރިން ހިމެނެއެވެ.