ޚަބަރު

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވަނީ!

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ގައުމާއި މުހާތަބުކުރައްވަން ނިންމަވައިފިއެވެ.

ރައީސް ގައުމާއި މުހާތަބު ކުރައްވާނީ މިއަދު ހެނދުނު 10:00 ޖަހާއިރުއެވެ.

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިއަަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރު ވަނީ ނުބާއްވަން ނިންމާފައެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ރާއްޖޭގެ ހުރިހާ ރަށަކުވެސް ހެނދުނު 6:00 ޖެހިއިރު ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. އަދި މިއަދު އޮންނަ ސިފައިންގެ މިލިޓަރީ ޕެރޭޑް ފަށާނީ، ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުންނެވެ.

ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button