ހުއްދަ ނެތް ކޯސްތަކަށް ފިޔަވަޅު އަޅާނަން: އެމްކިއުއޭ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހުއްދަ ދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފަށް މަތީ ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ޢަމަލު ކުރަމުންދާކަމަށާ އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެއޮތޯރީން ވިދާޅުވެއްޖެއެވެ.
އެމްކިއުއޭ އިން ނެރުނު އިޢުލާންގައި ބުނެފައިވަނީ އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ހިންގުމުގެ ހުއްދަ ދީފައިނުވާ ޕްރޮގްރާމްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ހިންގާކަމަށް އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވޭ ކަމުގައެވެ. އަދި މި ޢަމަލަކީ ގަވާއިދު ނަންބަރު: 2022/R-77 ”ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު“ އާ ޚިލާފު ޢަމަލެކެވެ. މިގޮތަށް ފާހަގަވާ މައްސަލަތައް އިތުރަށް ބަލައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާނެކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ.
ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފަށް ހިންގާ ޕްރޮގްރާމްތައް މި އޮތޯރިޓީން ބަލައި ނުގަންނާނެ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންނަށާއި ޢާންމު ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިކަން އަންގައި އިޢުލާން ކުރާ ކަމަށް އެއޮތޯރިޓީން ބުނެފައިވެއެވެ.
Thikameh nuvAne mee papet sarukaaru mee kharadhu kudakuranee kamah dhakkaafa sarukaaru dhathuru that ginakuraa makaruveri sarukaar eh
Vagu sarukaaru isthiufaa.