ޚަބަރުސިޔާސީ

ސަރުކާރުން ހުކުރު ޚުޠުބާ ސިޔާސީ ކޮށްފި: ޝުޖާއު

މި ސަރުކާރުން ހުކުރު ޚުޠުބާ ސިޔާސީ ކޮށްފިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވާއިރު ޖުމްލަ ގޮތެއްގައި މިހަފްތާގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ނޫސްވެރިކަމަށެވެ.

އެގޮތުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމާއި، ދޭދޭ މީހުންގެ މެދުގައި ބައިބައިވުން އުފެދޭނެފަދަ ވާހަކަތައް ނުފެތުރުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. އަދި އެފަދަ ކަންކަމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.

މިކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ޝުޖާއު ވިދާޅުވީ ސަރުކާރުން ހުކުރު ޚުޠުބާ ސިޔާސީކޮށްފ ކަމަށާއި، މިސަރުކާރުން ނޫސްވެެރިން ދެކެ ގަންނަ ބިރުން އަޖައިބު ވެއްޖެ ކަމަށެވެ.

ހުކުރު ޚުތުބާގައި އަބަދުވެސް އަލިއަޅުވާލަނީ އެއިރެއްގައި މުޖްތަމަޢުއިން ފާހަގަކޮށްލެވޭ ކަންކަމާއި ގުޅޭގޮތުން މީސްތަކުން އަހުލުވެރިކުރުމަށެވެ.

އެގޮތުން މިދުވަސްވަރަކީ ދިވެހި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅިގެން މުޖްތަމަޢުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްކަމުން މިއަދުގެ ޚުތުބާގައި ވަނީ މިކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ ސަރުކާރުގައި މުޖްތަމަޢުއާއި ގުޅޭފަދަ ކަންކަމަށް ޚުޠުބާގައި ގައި ގޮވާލެއްވުމުން އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީއިން އަބަދުވެސް ބުނަމުން ދިޔައީ ހުކުރު ޚުޠުބާ ކުރީ ސަރުކާރުން ސިޔާސީ ކޮށްފައިވާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button