ޚަބަރުސިޔާސީ

1288 ކްލާސް ރޫމް އެބަ އަޅާ ނިންމަން: އެޑިއުކޭޝަން މިނިސްޓަރ

1288 ކްލާސް ރޫމްގެ މަސައްކަތް ނިންމަމުން ގެންދާ ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އާއިޝަތު ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ސިޔާސަތެއް ކަމުގައެވެ. އެގޮތުން 156 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކޮށްފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަށްޓަކައި ގިނަ ކްލާސް ރޫމްތައް ބޭނުންވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެ މިނިސްޓްރީގެ 217 މަޝްރޫއު ކުރިޔަށް ދާ ކަމުގައެވެ. އޭގެ ތެރެއިން 44 މަޝްރޫއު ނިމިފައިވާއިރު، 89 މަޝްރޫއެއް ހިނގަމުން އަންނަ ކަމަށާއި، އެވޯޑު ކުރެވިފައިވަނީ އެންމެ މަޝްރޫއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”ޓެންޑަރިންގަ 24 ޕްރޮޖެކްޓް. ޕްރީ ޓެންޑަރިންގަ 5 ޕްރޮޖެކްޓް އަދި ޕްލޭނިންގ ގަ އެބައުޅޭ 40 ޕްރޮޖެކްޓް.“ މިނިސްޓަރ ވިދާޅުވިއެވެ.

އެއަށްފަހު އެކަމަނާ ވަނީ މި ސަރުކާރުން 1288 ކްލާސް ރޫމާއި 81 މަލްޓިޕާޕޯސް ހޯލް ނިންމުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަން ހާމަކުރައްވާފައެވެ. އަދި އެހެނިހެން 338 އިމާރާތެއްގެ މަސައްކަތް ކުރިޔަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެޑިއުކޭޝަނުން ޕީއެސްއައިޕީ ޕްރެޖެކްޓްތަކަށް ހަރަދުކޮށްފައިވާ ގޮތް

  • 2019 ވަނަ އަހަރު 246 މިލިއަން ރުފިޔާ
  • 2020 ވަނަ އަހަރު 514 މިލިއަން ރުފިޔާ
  • 2021 ވަނަ އަހަރު 340 މިލިއަން ރުފިޔާ
  • 2022 ވަނަ އަހަރު 215 މިލިއަން ރުފިޔާ

މިނިސްޓަރ ވިދާޅުވީ މަރާމާތުގެ އެކި މަސައްކަތްތަކަށް ކޮންމެ އަހަރަކުވެސް 30 މިލިއަން ރުފިޔާ ހަރަދުވާ ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button