ޚަބަރު
އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެއްޖެ
މާލެ އެކުވެނި ސަރަހައްދުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އެކަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވިއެވެ. އެއީ 4 އަންހެނުންނާއި 2 ފިރިހެނުންނެވެ. ނިޔާވީ އަންހެނެކެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓު ހިނގާފައިވަނީ އެކުވެނި ދަނޑާއި ދިމާލުން ބޭރުމަގުން ދުއްވާފައި ދިޔަ ކާރެއް، އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، އެމަގުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:00 އެހާކަންހާއިރެވެ.