ޚަބަރުސިޔާސީ

ބަރުލަމާނީ ގަރާރު އަނބުރާ ގެންދަން ރައީސް ސޯލިހު އަންގަވައިފި

އެމްޑީޕީގެ ކޮންގްރެސް އަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.

އެމަނިކުފާނު މިފަދައިން އެންގެވިކަން ހާމަކުރެއްވީ ”ރާއްޖެޓީވީ“ އަށް ދެއްވި އެކްސްކްލޫސިވް ފޯން އިންޓަވިއު އެއްގައެވެ.

ރައީސް ސޯލިހު ވަނީ އެމަނިކުފާނު ބަރުލަމާނީއަށް ތާޢީދު ނުކުރައްވާކަމަށާއި، ގަރާރު އަބުރާ ގެންދިޔުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިހާރު މިއޮތް ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމުގައި ހުރީ ކޮންމައްސަލަ ތަކެއް ތޯއާއި، ނުކުރެވިގެން އުޅެނީ ކޮންކަމެއްތޯ ބަލަންޖެހޭ ކަމުގައެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި އޮތީ ކޮންފައިދާއެއްތޯ ވެސް ބަލަން ޖެހޭ ކަމުގައެވެ. އެހެން ނޫނީ އެފަދަ ނިޒާމެއް ރައްޔިތުންނާ ހަމައަށް ދެއްކުމަށް އެމަނިކުފާނު ހިތްހަމަޖެހި ވަޑައިނުގަންނަވާ ކަމަށާއި، މިގާރާރު ގެންނަން ފެނިވަޑައި ނުގަންނަވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ކޮންގްރެސް އަށް ހުށަހެޅުއްވި ގަރާރާއި ގުުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، އެ ގަރާރުގައި އެންމެ ބޮޑުކަމަކަށް ފާހަގަކުރެވިފައި އޮތީ ސަރުކާރު އެކުލަވާލާއިރު ކޯލިޝަން ހެދުމުން ވައުދުތައް ފުއްދުމުގައި ދަތިތަކާއި ކުރިމަތިވާ މައްސަލަ ކަމުގައެވެ. އެފަދަ ގަރާރެއް ޕާޓީގެ ތެރެއިން ފާސްކުރިޔަސް މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށާއި، މަޖިލީހުން ގާނޫނު އަސާސީއަށް ބަދަލެއް ގެންނަ ނަމަ، އެފަދަ ގާނޫނެއް ފާސް ކުރެއްވުމަށް ހުރަސް ނާޅުއްވާނެ ކަމަށާއި، ގާނޫނުގެ ތެރެއިން ކުރައްވަން ޖެހޭ ކޮންމެ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމުގައެވެ. އަދި އެއަށްފަހު ރިފަންޑަމެންޓަކަށް ދާންޖެހޭނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވިގޮތުގައި އެމަނިކުފާނު ޕާސަނަލީ ގަބޫފުޅު ކުރައްވަނީ މިހާރު އޮތް ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުން ފުރިހަމަ އަގުލަބިއްޔަތުން ހޮވޭ ރައީސެއްގެ ބާރު އޮތުމާއި، ރައްޔިތުން އިންތިހާބު ކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ، ރައްޔިތުންގެ މަޖިލީހަކުން ގާނޫނު ހެދުމުގެ ބާރު އޮތުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމުގައެވެ. ތިންބާރު ވަކިކުރެވިފައި އޮތް މިފަދަ ނިޒާމަކާއި، މިނިވަންކަމާއި އެކުގައި ޝަރީއަތްކުރެވޭ ޖުޑިޝަރީއެއް އޮތުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތްކަން ހާމަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button